ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު
ރާއްޖެއާއި އައިއެލްއޯ އާ ދެމެދު އިތުރު އެއްބާރުލުމަށް މަގުފަހިވެއްޖެއެވެ.
އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ ސްރީލަންކާ އަދި މޯލްޑިވްސްގެ ކަންޓްރީ ޑިރެކްޓަރ މިސް. ޖޯނީ ސިމްޕަސަން އާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން އާ ދެމެދު މިއަދު ބައްދަލުވުމެއް ބޭއްވިއްޖެއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވީ ރާއްޖެއާއި އައިއެލްއޯ އާ ދެމެދު މިހާރު ކުރިއަށްދާ އެއްބާރުލުމުގެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ މެދުވެސް މަޝްވަރާކުރެވުނެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ފަރާތުން އަލިއަޅުވާލެއްވީ ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށެވެ.
އައިއެލްއޯއަކީ ވަޒީފާގެ ދާއިރާގައި މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، އިޖްތިމާޢީ ޢަދުލު އިންސާފު ޤާއިމުކުރުމަށް މަސައްކަތްކުރާ އ.ދ.ގެ ޚާއްޞަ އޭޖެންސީއެކެވެ. ރާއްޖެއާއި އައިއެލްއޯ އާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތްކަން ފާހަގަކުރެވެއެވެ.
ކޮމެންޓް