ކުންފުނީގެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އިގުތިޞާދީ ކޮމިޓީން ފާސްކޮށްފި

އިޤުތިސާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި 8 މެންބަރުންގެ ވޯޓުން ފާސްކުރަށްވާފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު އޮތްގޮތަށް ފާސްކުރުމަށް

ދިވެހިރާއްޖޭގެ ކުންފުނީގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުތަކަށް އިތުރު ބަދަލެއް ނުގެނެސް ބިލު އޮތްގޮތަށް މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށެހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ.

އެ ބިލުގެ މަސައްކަތް އަވަސްކުރުމަށްޓަކައި މިއަދު ވަނީ ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. ޖަލްސާގައި މިއަދު ވަނީ 77 މެންބަރުންގެ އިއްތިފާގުން އެ ބިލު ބަލައިގެންފައެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.

އެއާ އެކު ބިލު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ބިލު އިޤްތިޞާދީ ކޮމިޓީއަށް ފޮނުވުމާ ގުޅިގެން މިއަދު ބޭއްވި އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި 8 މެންބަރުންގެ ވޯޓުން ފާސްކުރަށްވާފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު އޮތްގޮތަށް ފާސްކުރުމަށެވެ.

ސަރުކާރުން ކުންފުނީގެ ޤާނޫނުގެ 100، 113 އަދި 126 ވަނަ މާއްދާއަށް ހުށައަޅާފައިވާ އިސްލާހުތަކުގައި ބުނެފައިވަނީ ކުންފުނީގެ ހާއްސަ ޢާންމު ޖަލްސާއެއް ބާއްވަން މެންބަރުން އެދެފިނަމަ އެކަމަށް އެދި ނޯޓިސް ލިބޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާގެ ދައުވަތު ދޭންވާނެ ކަމަށާއި އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންވާނެ ކަމަށެވެ. ކުންފުނީގެ ޤާނޫނުގައި މިހާރު އޮންނަނީ ނޯޓިސް ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.