ޕޮމެލޯ ރެސްޓޯރެންޓްއި ރޯވި ތަން
މާފަންނު ރަސްފަންނުގައި ހުންނަ ލެމަންގްރާސްގެ "ޕޮމެލޯ" ރެސްޓޯރަންޓުގައި މިއަދު ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ނިއްވާލައިފައެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މައުލޫމާތު ދިންގޮތުގައި، މި ހާދިސާގެ މައުލޫމާތު އެ ސަރވިސަށް ލިބިފައިވަނީ މިއަދު މެންދުރު 12:14 ގައެވެ. އަދި މައުލޫމާތު ލިބުމާއެކު ވަގުތުން ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
އަލިފާން ރޯވި "ޕޮމެލޯ" ރެސްޓޯރަންޓަކީ މިވަގުތު މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ތަނެއްކަން ފާހަގަކުރެވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާއާ ގުޅިގެން އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެމްއެންޑީއެފުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް