ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން
ޖުމްލަ 125 ގަސް އިންދާފައިވޭ
ކުޅުދުއްފުށީ ސިޓީގެ އިރުމަތީ ފަރާތުގައި އަލަށް ހެދި ބޮޑުމަގުގައި މި މިނިސްޓްރީގެ ކުޅުދުއްފުށީ ޕަބްލިކް ވާރކްސް ޔުނިޓުގެ މުވައްޒަފުން ގަސްއިންދުމުގެ ޙަރަކާތެއް ބާއްވައިފިއެވެ.
މި ޙަރަކާތުގައި ޖުމްލަ 125 ގަސް އިންދާފައިވެއެވެ. އިންދި ގަސްތަކުގެ ތެރޭގައި ކިނބި، ފިތުރޯނު އަދި ރަނިކަ ހިމެނެއެވެ.
މި މިނިސްޓްރީގެ ކުޅުދުއްފުށީ ޕަބްލިކް ވާރކްސް ޔުނިޓުން ހާމަކުރައްވާ ގޮތުގައި އަލަށް ހެދި ބޮޑުމަގުގައި އިންދި މި ގަސްތައް ރޯވަންދެން ގަސްތަކަށް ފެންދިނުމުގެ މަސައްކަތް އެ ޔުނިޓުން ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މިއީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފެއްޓެވި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ޕަބްލިކް ވާރކްސް ޔުނިޓުން ކުރިޔަށް ގެންދިޔަ ޙަރަކާތެކެވެ.
ކޮމެންޓް