ރާއްޖޭގެ އެކި ހިސާބުތަކުން 20 ކޯޗުން ތަމްރީންތަކަކަށް ޗައިނާއަށް ފުރައިފި

ކޯޗިންގ ތަމްރީނަށް ފުރާ ބައިވެރިންް

މި ކޯޗިން ކޯސް ކުރިއަށްދާނީ މިމަހުގެ 15 އިން ފެށިގެން އަންނަ މަހުގެ 5ގެ ނިޔަލަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުން މިކޯހަށް ހޮވާލެވުނު 20 ބައިވެރިންގެ ތެރޭގައި ހިމެނެނީ 12 ފިރިހެން ބައިވެރިންނާއި، 8 އަންހެން ބައިވެރިން

ރާއްޖޭގެ އެކި ހިސާބުތަކުން ހޮވާލެވުނު 20 ބައިވެރިން، ކޯޗިން ކޯހަކަށް ޗައިނާ އަށް ފުރައިފި އެވެ.

ޗައިނާގެ ހަންޒޫގައި ކުރިއަށްދާ މި ކޯޗިން ކޯސް ކުރިއަށްދާނީ މިމަހުގެ 15 އިން ފެށިގެން އަންނަ މަހުގެ 5ގެ ނިޔަލަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުން މިކޯހަށް ހޮވާލެވުނު 20 ބައިވެރިންގެ ތެރޭގައި ހިމެނެނީ 12 ފިރިހެން ބައިވެރިންނާއި، 8 އަންހެން ބައިވެރިންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުން އަންނަ ކޯޗުންގެ އިތުރުން ކުރީގެ ބައެއް ކުޅުންތެރިންވެސް ހިމެނެއެވެ.

މި 20 ބައިވެރިންގެ ތެރޭގައި އައްޑޫ ސިޓީގެ ފޭދޫ، ބ. ގޮއިދޫ، ކ. ހުރާ، ކ. މާލެ، އދ. މަހިބަދޫ، ހދ. ހަނިމާދޫ ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، އައްޑޫ ސިޓީ ހިތަދޫ، ފ. ފީއަލި، ޅ. ނައިފަރު އަދި ހއ. ހޯރަފުށި، ވ. ފެލިދޫ، ރ. މީދޫ އަދި އއ. ބޮޑުފުޅަދޫ އަށް ނިސްބަތްވާ ބައިވެރިން ހިމެނެ އެވެ.

ބައިވެރިން ޗައިނާއަށް ފުރުމުގެ ކުރިން ހުރިހާ ބައިވެރިންނާ ބައްދަލުކުރައްވާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން ވަނީ މަރުޙަބާ ދަންނަވާފަ އެވެ.

މި ބައްދަލުވުމުގައި ޗައިނާ ސަފީރުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އާއި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުރައްޒާގް އާއި އިބްރާހިމް އާއި ވޮލީބޯޅަ އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޗައިނާގައި ކުރިއަށްދާ ތިން ހަފްތާގެ ތަމްރީންތަކުގައި ވޮލީބޯޅަ ކޯޗިންއާ ގުޅޭ ގިނަ ކަންތައްތަކެއް ދަސްކޮށްދިނުމުގެ އިތުރުން، ޕްރެކްޓިކަލް ކުލާސްތައްވެސް ކުރިއަށްދާނެ އެވެ. އަދި ޗައިނާގެ އެކި ކޮލެޖުތަކާއި ޔުނިވާސީޓީތަކުގެ ޓީމްތައް ތަމްރީންކުރާ ގޮތް ބަލައި، ގިނަ ކަންތައްތަކެއް ދަސްކޮށްދެވޭނެ އެވެ.

ޗައިނާ އަކީ ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ގައުމެކެވެ. މީގެ ކުރިން ޓޭބަލް ޓެނިސް ކަހަލަ ކުޅިވަރުތައް ކުރިއެރުވުމުގައި ޗައިނާ ސަރުކާރުން ވަނީ އެހީތަކެއްވެފަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.