މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަން ފަށައިފި

ޒަކާތް ބަހަނީ

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި މާލެއާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް، ބޮލަކަށް 4000 ރުފިޔާ ޒަކާތުގެ ގޮތުގައި ބަހާ ގޮތަށް ވަނީ ހަމަޖެހިފަ

މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބަހަން ފަށައިފިއެވެ.

މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި މާލެއާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް، ބޮލަކަށް 4000 ރުފިޔާ ޒަކާތުގެ ގޮތުގައި ބަހާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ.

ޒަކާތުގެ ފައިސާ ޖަމާކުރަމުންދަނީ 2021 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އޮތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކުގެ އެކައުންޓުތަކަށެވެ.

މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16,781610.99 ރުފިޔާ ދޫކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.