ގިނަ ޢަދަދެއްގެ ބަނގުރަލާއެކު ހުޅުމާލޭން ބަނގުލަދޭޝް މީހަކު ހައްޔަރު ކޮށްފި

ހައްޔަރުކުރި އެމްޑީ ކާލޫ

ރޭ ހިންގި އެ އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 މިދިލިމަގުން ކާރެއް ހުޓުވައި ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ އަދި 4 ފުޅި ބަނގުރާ ފެނިފައިވާކަން ފުލުހުން ވަނީ ހާމަކުރައްވާފަ

ހުޅުމާލޭގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ބިދޭސީ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 މިދިލިމަގުން ކާރެއް ހުޓުވައި ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ އަދި 4 ފުޅި ބަނގުރާ ފެނިފައިވާކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ކާލޫ (26އ)އެވެ. މި މީހާ އަކީ ބަނގުލަދޭޝް މީހެކެވެ.

މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނައިރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.

އެގޮތުން ފުލުހުން ހޯދަމުންދަނީ ގދ. ވާދޫ / ޞަބާހީމަންޒިލް، އިޒާމް ޒާހިރު (25އ) އެވެ.

އިޒާމް ޒާހިރު ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 17ވަނަ ދުވަހުގެ 09:00އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އިޒާމް ޒާހިރު އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.