ކަނޑުގަދަ ވަގުތެއްގައި މާލެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ކުޑަ ދޯންޏެއް
ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް މެޓުން ރީނދޫ ސަމާލެއް ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ހިނގާނެ ވަގުތަކީ ހެނދުނު 06:00 އިން ހެނދުނު 10:00 އަށް ކަމުގައި ބުނެފައިވެއެވެ.
ރީނދޫ މި ސަމާލުގައި މެޓުން ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ކޮމެންޓް