ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ

ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ

މިދިޔަ 5 އަހަރު އެކަމަނާ ސަރުކާރުގައި ހުންނެވިކަމަށް ބުނެ ބަޔަކު ފާޑުކީނަމަވެސް، އެފަދަ ފާޑުކިޔުންތަކުން އަޑުކަނޑުވާ ނުލެވޭނެ ކަމަށް ވިދާޅުވި

މާރިޔާ ކުރެއްވި ޓްވީޓެއްގައި ވަނީ މާލޭގެ މަގުތައް މަތީގައި ހިނގާބިނގާވެ އުޅުމަށް ފަހިވާގޮތަށް ކަންކަން ނުހުންނަ މައްސަލައަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މާލޭގެ ދުވާރުތައް ހަނި ކަމަށާއި، ކަފިހި ހުރަސްމަތިންވެސް މަގު ހުރަސް ކުރުމުގައި އެތައް ދަތިތައް ކުރިމަތިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ކަފިހި ހުރަހުން ދާން ބޭނުންވާ މީހާވެސް ހުރިހާ އުޅަނދެއް ދަންދެން މަޑުކުރަންޖެހޭ ޙާލަތު އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން ފާޑުކީ މީހުންނަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ، މިދިޔަ 5 އަހަރު އެކަމަނާ ސަރުކާރުގައި ހުންނެވިކަމަށް ބުނެ ބަޔަކު ފާޑުކީނަމަވެސް، އެފަދަ ފާޑުކިޔުންތަކުން އަޑުކަނޑުވާ ނުލެވޭނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މައްސަލަަތަކާއި ގުޅިގެން އަޑުއުފުއްލަވާނެ ކަމަށެވެ. އެގޮތުން ވެރިކަމުގައި ތިއްބެވިއިރުވެސް، އޭގެ ކުރިންވެސް އަދި އޭގެ ފަހުންވެސް އަމަލު ކުރައްވާފައިވާނީ އެބީދައިންކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ކަންކަން ހަމައިން ނެއްޓެން ފެށުމުން ހަމަމަގަށް އަޅުވަން އަބަދުވެސް ވަކާލާތު ކުރައްވާނެކަމަށް މާރިޔާ މީގެ ކުރިންވެސް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، ސަރުކާރުން ކުރާ ކަންކަމާއި ގުޅިގެން އެމްޑީޕީން މަގުމައްޗަށް ނުނުކުންނަނީ ސަރުކާރަށް މަސައްކަތް ނުކުރެވެނީ އޮޕޮޒިޝަންގެ ސަބަބުންނޭ ބުނެ އެ ބަދުނާމު އެޅުވުމުގެ ފުރުސަތު ނުދިނުމަށްކަމަށްވެސް މާރިޔާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް މިހާރުވެސް ސަރުކާރާމެދު އެބަހުރިކަން ފާހަގަ ކުރައްވައި މާރިޔާ އިތުރަށް ވިދާޅުވީ، ސަރުކާރަށް މަސައްކަތް ނުކުރެވެނީ އޮޕޮޒިޝަންގެ ސަބަބުންނޭ ބުނެ އެ ބަދުނާމު އެޅުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.