ޝިއުނާ އަދި މަލްޝާ
އެ ދެބޭފުޅުން އިސްތިއުފާ ދެއްވާފައި މިވަނީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ސަސްޕެންޑުކުރިތާ ނުވަ މަސް ފަހުން
ޔޫތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެ ދެބޭފުޅުން އިސްތިއުފާ ދެއްވާފައި މިވަނީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ސަސްޕެންޑުކުރިތާ ނުވަ މަސް ފަހުންނެވެ. ޝިއުނާ އާއި މަލްޝާ ސަަސްޕެންޑްކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމުން އެބޭފުޅުން މޯދީ އަށާއި އިންޑިއާއަށް ކުޑައިމީސްކޮށް މީސް މީޑިއާގައި އިންޑިއާއާ ދެކޮޅު ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވާތީއެވެ.
ޝިއުނާ އާއި މަލްޝާ އިސްތިއުފާ ދެއްވި ކަމަށް އެ ދެބޭފުޅުންގެ އަރިސް ބޭފުޅަކު ވަނީ މިނެޓްސް އޮންލައިންއަށް ކަށަަވަރުކޮށްދީފައެވެ.
ޝިއުނާއާއި މަލްޝާއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ވަރަށް އަރިސްކޮށް، އެ މަނިކުފާނު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރުން ފެށިގެން އުޅުއްވި ދެ ބޭފުޅުންނެވެ.
ކޮމެންޓް