ޑރ.މުހައްމަދު ޖަމީލު އަހުމަދު
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކުރީގެ އިސްވެރިންނާއި މަޖިލިސް މެންބަރުން މިހާރު ރައީސް މުޙައްމަދު މުޢިއްޒުގެ ބާރުގެ ދަށުގައި ތިބި ކަމަށް ބުނެ، އެ ޕާޓީގެ ކުރީގެ މެންބަރު މުޙައްމަދު ޖަމީލު އަޙްމަދު ފާޑުކިޔައިފިއެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ އާއި، ޕީޕީއެމްގެ އެހެން އިސްވެރިން ވެސް މިހާރު ތިބީ ރައީސް މުޢިއްޒުގެ ބާރުގެ ދަށުގައި ކަމަށެވެ.
https://x.com/mjameelahmed/status/1884117127524933716?s=46&t=TXuSpvTAejR0Lr_pGUMnWg
ޖަމީލުގެ ފާޑުކިޔުންތަކުގައި، ޕީޕީއެމްގެ އިސްވެރިން ރައީސް ޔާމީން އަބްދުލްގައްޔޫމަށް "މަކަރު ހަދައި" އަދި "އަނިޔާވެރިވެފައިވަނީ" ބާރުގެ ދަހިވެތިކަމުގައި ކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި މިހާރު ޕާޓީ އޮތީ މުޅިން މުޢިއްޒުގެ އަތްދަށުގައި ކަމަށާއި، މަޖިލިސް މެންބަރުންނަކީ މުޢިއްޒުގެ "އަޅުން" ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ވަކިން ޚާއްސަކޮށް، އައްސާން، ޝިޔާމް އަދި ސަޢީދު ފަދަ މެންބަރުންގެ "ސަވައިވަލް" މިހާރު އޮތީ "މުޢިއްޒުގެ ބޫޓުގައި ދޫލައިގެން" ކަމަށް ޖަމީލު ފާހަގަކުރައްވާފައިވެއެވެ.
މި ވަގުތާ ހަމައަށް މި ކަމާ ގުޅޭގޮތުން ޕީޕީއެމްގެ އިސްވެރިންގެ ފަރާތުން އެއްވެސް ބަހެއް އައިސްފައެއް ނުވެއެވެ. މި ފާޑުކިޔުންތައް އައިސްފައިވަނީ ޕީޕީއެމްގެ އެތެރޭގެ ސިޔާސީ ހަލަބޮލިކަމާއި، ޕާޓީގެ ލީޑަރޝިޕްގެ ބަދަލުތަކާ ގުޅިގެންނެވެ.
ކޮމެންޓް