45 ވަނަ ޗެސް އޮލިމްޕިއާޑް ގައި ވާދަކުރާ ގައުމީ ޗެސް ޓީމަށް ވަޒީރު ރާފިޢު ހިތްވަރު ދެއްވައިފި

ޗެސް ޓީމް

އޮލިމްޕިއާޑް އޮންނާނީ 10 ސެޕްޓެމްބަރުން 23 ސެޕްޓެމްބަރަށެވެ. މި މުބާރާތުގައި ދުނިޔޭގެ 190 ގައުމަކުން 1800 އަށްވުރެ ގިނަ ވާދަކުރާނެ

ހަންގޭރީގެ ބުޑަޕެސްޓުގައި މިމަހު އޮންނަ 45 ވަނަ ޗެސް އޮލިމްޕިއާޑްގައި ވާދަކުރާ ގައުމީ ޗެސް ޓީމާ ބައްދަލުކުރައްވައި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ހިތްވަރުދެއްވައިފި އެވެ.

45 ވަނަ ޗެސް އޮލިމްޕިއާޑް އޮންނާނީ 10 ސެޕްޓެމްބަރުން 23 ސެޕްޓެމްބަރަށެވެ. މި މުބާރާތުގައި ދުނިޔޭގެ 190 ގައުމަކުން 1800 އަށްވުރެ ގިނަ ވާދަކުރާނެ އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ޗެސް މުބާރާތުގައި އެންމެ ގިނަ ގައުމުތަކުން ބައިވެރިވާ އަހަރެވެ.

ކުޅިވަރު ވުޒާރާގައި އޮތް ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ މިފަދަ ބޮޑު މުބާރާތެއްގައި ގައުމު ތަމްސީލްކުރުމަށް ތައްޔާރުވާއިރު، ކުޅުންތެރިން ވިސްނަންވީ ކަންތައްތަކާއި، ގައުމަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތްކޮށްދިނުމަށް އެދިފަ އެވެ. އަދި މުބާރާތުގައި ވާދަކުރާއިރު، އަބަދުވެސް މޮޅުވުމަށް މަސައްކަތްކުރުމަށާއި، މެޗަކަށްފަހު މެޗެއް ރަނގަޅުކޮށް ކުރިއެރުން ހޯދުމަށް އަމާޒުކުރުމަށް ވަޒީރު ނަސޭހަތްތެރިވި އެވެ.

ޗެސް އަކީ ދިވެހިރާއްޖޭގައި ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެއްކަން ފާހަގަކުރައްވާ ވަޒީރު ރާފިޢު ވަނީ އެސޯސިއޭޝަނުން ކުރައްވަމުން އަންނަ މަސައްކަތްވެސް ފާހަގަކުރައްވާފަ އެވެ.

45 ވަނަ ޗެސް އޮލިމްޕިއާޑްގައި ރާއްޖެއިން އަންހެން ފަސް ކުޅުންތެރިންނާއި ފިރިހެން ފަސް ކުޅުންތެރިން ވާދަކުރެ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.