ބައްދަލުވުމުގެ ތެރެއިން
ސޭވް ދަ ބީޗުން ވަނީ މުރަކަ އާލާކުރުމުގެ މަސައްކަތް ފުޅާކުރުމަށް އެ ޖަމްޢިއްޔާއިން ގެންގުޅޭ އެކި އުކުޅުތަކާއި، އެ އުކުޅުތަކުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށް ކުރާ އެދެވޭ އަސަރުތަކާ ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާފަ
މުރަކަ އާލާކުރުމުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރ ޠާރިޤާ ބައްދަލުކުރައްވައިފިއެވެ.
މުރަކަ އާލާކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ސޭވް ދަ ބީޗް އެންޖީއޯއިން ތިމާވެށީގެ ވަޒީރު އޮނަރަބަލް ޠާރިޤް އިބްރާހިމާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އެ ޖަމްޢިއްޔާއިން ކުރަމުންދާ އަދި ކުރުމަށް ރޭވިފައިވާ މުރަކަ އާލާކުރުމުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
ބައްދަލުވުމުގައި ސޭވް ދަ ބީޗުން ވަނީ މުރަކަ އާލާކުރުމުގެ މަސައްކަތް ފުޅާކުރުމަށް އެ ޖަމްޢިއްޔާއިން ގެންގުޅޭ އެކި އުކުޅުތަކާއި، އެ އުކުޅުތަކުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށް ކުރާ އެދެވޭ އަސަރުތަކާ ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. މި ޕްރެޒެންޓޭޝަނުގައި އެ ޖަމްޢިއްޔާއިން މުރަކަ އާލާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތާއި، އޭގެ ސަބަބުން ފަރުތަކަށް ކުރާ ފައިދާތައް ފާހަގަކޮށްފައިވެއެވެ.
މިނިސްޓަރ ޠާރިޤް ވިދާޅުވީ މުރަކަ އާލާކުރުމަކީ ރާއްޖޭގެ ކަނޑުގެ ދިރުން ރައްކާތެރިކުރުމަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މި ދާއިރާއިން ސޭވް ދަ ބީޗުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ސޭވް ދަ ބީޗްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި އިސް މެންބަރެއް ބުނީ މުރަކަ އާލާކުރުމުގެ މަސައްކަތަށް ސަރުކާރުގެ އެއްބާރުލުން ލިބުމަކީ އެ ޖަމްޢިއްޔާގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ކޮމެންޓް