އިމާމު މުޙައްމަދު މާހިދު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖަށް ލައިފައިވާ ވީޑިއޯ 45،000 އަށް ވުރެ ގިނަ މީހުން ބަލައިފައިވޭ
ހުޅުމާލެ މަސްޖިދު ރަޝީދުގެ އިމާމު މުޙައްމަދު މާހިދުގެ ކިޔެވުމަށް ގިނަ ބަޔެއްގެ ސަމާލުކަމާއި ތަޢުރީފުގެ ބަސްތައް ލިބިއްޖެއެވެ.
މަސްޖިދު ރަޝީދުގެ ޒުވާން އިމާމުގެ ކިޔެވުން މީސް މީޑީއާގައި ވައިރަލްވެފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖަށް ލައިފައިވާ ވީޑިއޯއަކުންނެވެ. މި ވީޑިއޯއަކީ އިސްލާމިކް ސްޓޫޑިއޯއިން މުޅިން އަލަށް އާއްމުކުރަންފެށި 'މިސްކިތްތަކުން' ސިލްސިލާގެ ދަށުން ތައްޔާރުކުރި ވީޑިއޯއެކެވެ. 'މިސްކިތްތަކުން' ސިލްސިލާގައި އެކި މިސްކިތްތަކުގެ އިމާމުންގެ ރީތި ކިޔެވުންތައް ސިލްސިލާކޮށް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ އިސްލާމިކް ސްޓޫޑިއޯއާއި މިސްކިތްތަކާއި ބެހޭ ސެކްޝަން ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާއެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖަށް ލައިފައިވާ ވީޑިއޯ 45،000 އަށް ވުރެ ގިނަ މީހުން ބަލައިފައިވެއެވެ.
މި ސީރީޒްގެ ބޭނުމަކީ ރާއްޖޭގެ އެކި މިސްކިތްތަކުގައި ރީތިކޮށް ޤުރުއާން ކިޔަވާ އިމާމުންގެ ކިޔެވުން ވީހައި ވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމެވެ.
އިމާމުންގެ ފެންވަރު ރަނގަޅުކޮށް އިމާމުންމަށް އިތުރު ތަމްރީންތައް ދިނުމަށް ޓަކައި އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމުތަކާއި، ރާއްޖެއިން ބޭރަށް ތަމްރީން ދަތުރުތަކުގައި ދިއުމުގެ ފުރުސަތު ވެސް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.
ކޮމެންޓް