ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލް ކޮމީޓީއަށް ފޮނުވައިފި

މަޖްލިސް ތަޅުން

ފިސްކަލް ޒިންމާގެ ބިލަކީ މުޅިން އާ ބިލެއް

ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލް ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީ އަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާތީ މަޖިލީހުން އިސްކަމެއް ދީގެން މި ހަފުތާގެ ތެރޭގައި ކުރިޔަށް ގެންދިޔަ މި ދެ ބިލް ވެސް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ އިއްތިފާގުންނެވެ.

ދަރަންޏާ ބެހޭ ބިލްގައި ދައުލަތުން ސޮވަރިން ގެރެންޓީ ދޭނެ ގޮތްތަކާއި ލޯކަލް ކައުންސިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަރަނި ނެގުމުގައި އަމަލުކުރާނެ ގޮތްތައް ވަނީ ބަޔާން ކޮށްފައެވެ.

ފިސްކަލް ޒިންމާގެ ގާނޫނަކީ މިހާރު އަމަލު ކުރަމުންދާ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި މި ސަރުކާރުން ހުށަހަޅާފައިވާ އާ ބިލެކެވެ.

ހަރަދަށް ޒިންމާވާ ގާނޫނުގައި މިހާރު އޮންނަ ގޮތުން ސަރުކާރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އެޑްވާންސްކޮށް ފައިސާ ނެގޭނީ ނުވަތަ ޗާޕު ކުރެވޭނީ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް 270 މިލިއަން ރުފިޔާއެވެ.

މި ބިލްތަކާއި މެދު މަޖިލިހުން ގޮތެއް ނިންމާނީ މާލިއްޔަތު ކޮމިޓީގައި ދިރާސާކޮށް އަނބުރާ މަޖިލިހުގެ ތަޅުމަަށް ފޮނުވުމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.