ރައީސުލްޖުމްހޫރިއްޔާގެ އެންގެވުންތައް ފުލުހުން ފުރިހަމަޔަށް ތަންފީޒުކުރާނެ: އިޙްސާން

ވަޒީރު އިޙްސާން

ރޭސިން އަދި ޑްރިފްޓިންގއަށް ހުޅުމާލޭ ވަކި ސަރަހައްދެއްގައި ބޭނުންކުރުމަށް އެޗްޑީސީއިން ދީފައިވާ ހުއްދަ ރައީސް ވަނީ ވަގުތުން ބާތިލުކުރުމަށް އަންގަވައިފަ

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގުންތައް ފުލުހުން ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިޙްސާން މިހެން ވިދާޅުވެފައިވާއިރު އިއްޔެރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން އައި ޕްރިޒަން ލާންސް ކޯޕްރަލް ހަސަން ސަމާހު ވަނީ ނިޔާވެފައެވެ. ސަމާހު ނިޔާވުމާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 8 ފިޔަވަޅެއް އެޅުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ދަޢުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގަވާފައެވެ.

ރޭސިން އަދި ޑްރިފްޓިންގއަށް ހުޅުމާލޭ ވަކި ސަރަހައްދެއްގައި ބޭނުންކުރުމަށް އެޗްޑީސީއިން ދީފައިވާ ހުއްދަ ރައީސް ވަނީ ވަގުތުން ބާތިލުކުރުމަށް އަންގަވައިފައެވެ. އަދި ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވައި ޑްރައިވަރުގެ ލައިސަންސް އަތުލުމަށާއި ހުޅުމާލޭ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކޮށް ސްޕީޑް ޑިޓެކްޓިންގ ކެމެރާތައް ހަރުކުރުމަށް ވެސް ވަނީ އަންގަވައިފައެވެ.

ހަމައެއާއެކު މަގުމަތީގެ ޤާނޫނުތަކާއި ޤަވައިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތް އިތުރުކޮށް ހަރުދަނާ ކުރުމަށް ރައީސް ވަނީ އަންގާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.