ދުނިޔޭގެ ފެހުރިހީގެ ދުވަސް ފާހަގަކުރުމަށް މިނިސްޓަރ ޠާރިޤު ދިގުރަށަށް ވަޑައިގެންފި

މިނިސްޓަރ ޠާރިޤު އަދި މިނިސްޓަރ އާދަމް ޝަރީފް

ފެހުރިހީގެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމާއި، ފެހުރިހި ރައްކާތެރިކުރުމުގެ މުހިންމުކަން ހާމަކޮށްދިނުން

ދުނިޔޭގެ ފެހުރިހީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 29 އޯގަސްޓްގައި ވަޒީރު ޠާރިޤު އިބްރާހީމް ދިގުރަށަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ވަޒީރުގެ ޠާރިޤުގެ އަރިހުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އާދަމް ޝަރީފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި އެކި ޤައުމުތަކުގެ ސަފީރުންވެސް ބައިވެރިވެ ވަޑައިގެންނެވިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ދިގުރަށް ހިމެނޭ ދާއިރާގެ މެމްބަރުވެސް މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދުނިޔޭގެ ފެހުރިހީގެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމާއި، ފެހުރިހި ރައްކާތެރިކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ. އަދި ފެހުރިހީގެ ދުވަހުގެ ހާއްސަ ރަސްމިއްޔާތެއް ހުކުރު ދުވަހުގެ މެންދުރު އޮންނާނެއެވެ.

މިނިސްޓަރ ޠާރިޤު ވިދާޅުވީ، "ފެހުރިހި އުޅޭ ސަރަޙައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ގޮތް ހަމަޖައްސާނަން" ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ދިގުރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.