"ހައްޓަށް" ސިލްސިލާގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
ކޮންމެ ދުވަހަކު ވެސް ކެއުމުގައި ހިމަނަންޖެހޭ ކާނާގެ ބައިތައް ކިޔާދެވުން
މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތް ކިޔައިދިނުމަށް ޔޫއެންއެފްޕީއާއި ގުޅިގެން އިސްރަށްވެހިންގެ ނާދީން ކުރިއަށް ގެންދާ "ހައްޓަށް" ސިލްސިލާގެ ހަތަރުވަނަ ސެޝަން 28 އޮގަސްޓް 2024 ގައި ނިންމާލައިފިއެވެ.
މި ކްލާހުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ކެއުމުގައި ހިމަނަންޖެހޭ ކާނާގެ ބައިތައް ކިޔާދެވުނެވެ. މީގެ އިތުރުން، އެކި ބަލިތަކާއި ގުޅިގެން ދުޅަވުން ފަދަ ކަންކަން ތަހައްމަލްކުރައްވާ ފަރާތްތަކަށް ދުޅަ ތިރިކުރާނެ ކާނާގެ އިތުރުން ކަރީޑް ބަރަބޯ މޭޝް އަދި މުގު ފޮޅި ތައްޔާރުކުރާނެ ގޮތް ބައިވެރިންނަށް ވަނީ ކިޔައިދީފައެވެ.
އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީގައި ހުރުމަށް މިންހެޔޮ ކާނާއާއި ކަސްރަތަކީ މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.
އެހެންކަމުން މިންހެޔޮ ކާނާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް އިސްރަށްވެހިންގެ ނާދީން ގެންދަނީ ސިލްސިލާގޮތެއްގައި ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓް