ރައީސް މައުމޫން
އެމްއާރުއެމް އުވައިލަން މިިދިޔަ އަހަރުގެ މެއި މަހުވެސް އިލެކްޝަންސް ކޮމިޝަނުން ނިންމި
މެންބަރުން ހަމަ ނުވާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލަން ނިންމައިފިއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ ޢަދަދަށް 3000 މެންބަރުން ހަމަވެފައިނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު މެންދުރު ހާމަކޮށްފައެވެ.
އެމްއާރުއެމް އުވައިލަން މިިދިޔަ އަހަރުގެ މެއި މަހުވެސް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ. އެނިންމުމާއި މެދު ހިތްހަމަ ނުޖެހިގެން އެޕާޓީން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ. މި ދައުވާ ކާމިޔާބުވެ އީސީގެ ނިންމުން ގޯސްކަމަށް ކޯޓުން ކަނޑައެޅި އެވެ. އަދި ޝަރީއަތުގެ ފީގެ ގޮތުގައި ހަރަދުވި 50،000 ރުފިޔާ އެމްއާރުއެމްއަށް ދެއްކުމަށް އީސީގެ މައްޗަށް ހުކުމްވެސް ވަނީ ކޮށްފައެވެ.
މިނިންމުމަށް 6 މަސް ވެގެން ގޮސްފައިވާއިރު މެމްބަރުން ހަމަ ނުވާތީ އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން މިވަނީ އެމްއާރުއެމް އުވައިލަން ނިންމައިފަ އެވެ.
ކޮމެންޓް