ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައިފި

ބީއެމްއލް ހެޑް އޮފީސް

ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކަށް މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ކުޑަކޮށްފައިވާ ކަމަށް ބުނި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް މިއަދު އެ ބޭންކުން ބަދަލު ގެނެސްފިއެވެ.

ބީއެމްއެލުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން ރުފިޔާ އެކައުންޓްތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭނެ ކަމަށެވެ. އަދި އަލަށް ދޫކުރާ ކާޑުތަކުގައި ވެސް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ.

އެހެން ނަމަވެސް މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކަށް މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ކުޑަކޮށްފައިވާ ކަމަށް ވެސް ބޭންކުން ބުނެއެވެ.

ކޮވިޑްގެ އާލަމީ ވަބާއާއި ގުޅިގެން ބޭރު ފައިސާ ލިބުން ދަތިވެފައިވާ ކަމަށްބުނެ ރުފިޔާ އެކައުންޓުތަކުން ޑޮލަރުން މުއާމަލާތް ކުރެވޭ މިންވަރު ބީއެމްއެލްއިން 250 ޑޮލަރަށް ކުޑަކޮށްފައި އޮންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ބީއެމްއެލުން ކުއްލިއަކަށް މިއެޅި ފިޔަވަޅުގެ ސަބަބުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބޭރުގައި ތަޢުލީމް ހާސިލުކުރާ ދަރިވަރުންނަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބޭނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.