ރޮނާލްޑޯއަކަށް މި ފަހަރުވެސް ލީގު ލިބޭ ގޮތެއް ނުވި
ފަސް އަހަރު ތެރޭ، ހަތަރު ވަނަ ފަހަރަށް ސައުދީ ޕްރޯލީގުގެ ޗެމްޕިއަންކަން ހިލާލުން ކަށަވަރު ކުރުމާއެކު، ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިސީޒަންގައިވެސް ސައުދީ ލީގު ލިބޭގޮތެއް ނުވިއެވެ.
ހޮނިހިރު ދުވަހު، އަލް ހިލާލުން ޓޭބަލްގެ ފުލުގައި އުޅޭ އަލް ހަޒްމް އަތުން މޮޅުވުމާއެކު ބާކީ ތިން މެޗު އޮއްވާ ލީގު ކަށަވަރުވީއެވެ.
އަލް ހިލާލް މި މެޗުން މޮޅުވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. މި ނަތީޖާއާއެކު ޓޭބަލްގެ އެއްވަނައިގައި 12 ޕޮއިންޓްގެ ފަރަގެއް ހޯދައި ލީގު ކާމިޔާބު ކުރިއިރު، ބާކީ ހުރި މެޗުތަކުން މޮޅުވެގެންވެސް ރޮނާލްޑޯގެ އަލް ނަސްރަށް އަލް ހިލާލް އަތެއް ނުވާނެއެވެ.
ސައުދީގައި ދެވަނަ ސީޒަނެއްގެ ކުޅުނު ރޮނާލްޑޯ ކުޅެމުންދާއިރު، އޭނާއަށް އަދި ތަށްޓެއް ލިބޭ ގޮތެއް ނުވެއެވެ. އެކަމަކު، މި މަހުގެ ފަހުކޮޅު ކުޅޭ ކިންގްސް ކަޕް ފައިނަލުގައި އެއްކޮޅުން ކުޅޭނީ ރޮނާލްޑޯގެ އަލް ނަސްރުއެވެ.
ކޮމެންޓް