ހުކުރު ކުރައްވާނެ ދެ ބޭފުޅުން
ޚުޠުބާގެ ލައިވް ދިވެހި ތަރުޖަމާ ޓީވީތަކުން ގެނެވޭނެ ކަމަށް ވިދާޅުވި
ހުކުރު ދުވަހު މާލެ ސަރަހައްދުގެ ދެ މިސްކިތެއްގައި ބޭރުގެ ދެ ބޭފުޅަކު ހުކުރު ނަމާދު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މީޑިއާތަކާއި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، (23 އޯގަސްޓް 2024) ވާ ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އޮސްޓްރޭލިއާ ނޭވީގެ އިމާމް އުސްތާޛު މަޖްދީ ޢީސާ ކަމަށެވެ. އެބޭފުޅާ ޚުޠުބާ ދެެއްވާނީ އިނގިރޭސި ބަހުން ކަމަށް ވެސް މިނިސްޓަރ ހިއްސާކުރެއްވިއެވެ. އަދި އެބޭފުޅާއަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިން ތައުލީމު ޙާޞިލްކުރައްވާފައިވާ ބޭފުޅެއް ކަމަށްވެސް މިނިސްޓަރ މައުލޫމާތު ދެއްވިއެވެ.
އިމާމް އުސްތާޛު މަޖްދީ ޢީސާގެ އިތުރުން، އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުކުރައްވާނީ މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރ ޑރ.ޙަމްދާން އައްސުލަމީ ކަމަށްވެސް މިނިސްޓަރ ހިއްސާކުރެއްވިއެވެ. އެބޭފުޅާ ޚުޠުބާ ދެއްވާނީ ޢަރަބި ބަހުން ކަމަށް މިނިސްޓަރ ހިއްސާ ކުރެއްވިއެވެ.
ޚުޠުބާގެ ލައިވް ދިވެހި ތަރުޖަމާ ޓީވީތަކުން ގެނެވޭނެ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓް