ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފަ
ވ. އާރަށް މައްސަލަ އާއި ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. އެއީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމާއި މަނީލޯންޑްރިންގެ މައްސަލައިގައި އިއްވި ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރުގެ ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ބުނީ ފުއްގިރި މައްސަލައިގެ ޝަރީއަތް އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފައިވެއެވެ. އަދި އާރަށް މައްސަލައިގެ ޝަރީއަތް އަންނަ ބުދަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އެ ދެ މައްސަލަވެސް ބައްލަވާނީ ގާޒީ އަލީ ނަދީމެވެ.
ކޮމެންޓް