ޤަވާއިދާ ޚިލާފަށް އުޅުނު 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރެއިޑުގެ ތެރެއިން

މިއީ "އިމިގްރޭޝަން ވޮޗް"އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ބަލާފާސްކުރި ތަންތަން

ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅުނު 2 ތަނެއް ބަލާ ފާސްކޮށް 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިއީ "އިމިގްރޭޝަން ވޮޗް"އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ބަލާފާސްކުރި ތަންތަނެވެ.

އިމިގްރޭޝަނުން ވިދާޅުވީ މާލޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހޮނިހިރު ދުވަހު ހެނދުނު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ގ.ހީނާމާގެ ޕާކިން ސަރަހައްދު ބަލައި ފާސްކުރުމުގެ ތެރޭގައި ބިދޭސީންގެ ތެރެއިން، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މީގެއިތުރުން މާފަންނު ސަރަހައްދުގައި، ބިދޭސީން ދިރިއުޅެމުންދާ އެކޮމަޑޭޝަން ބްލޮކެއްގެ މައުލޫމާތު މާލެ ސިޓީ ކައުންސިލުން ހިއްސާކުރުމާއި ގުޅިގެން އެތަން ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަން ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފްކޮށްފައެވެ. އިމުގާ ޕޯޓަލް މެދުވެރިކޮށް ރިޕޯޓްކުރެވޭ ގޮތަށް ތަޢާރަފް ކުރެވުނު މި ޕްލެޓްފޯމްގެ ތެރެއިން ކާކުކަން ނެނގޭގޮތަށްވެސް މައްސަލަތައް ރިޕޯޓް ކުރެވޭނެއެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.