އާދަމް ރަމީޒު
ރައީސް އޮފީހުގެ ރަސްމީ ބަހެއް ލިބިފައެއް ނުވޭ
ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފަައި ހުރި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް މަގާމުން ވަކި ކުރައްވައިފިއެވެ.
ރަމީޒް މަގާމުން ވަކިކޮށްފައިވަނީ ސަސްޕެންޝަނުގައި ގިނަ ދުވަސްތަކެއްވަންދެން ބެހެއްޓުމަށް ފަހުއެވެ. ނަމަވެސް މިކަމާގުޅޭ ގޮތުން ރައީސް އޮފީހުގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
މިނިސްޓަރ ރަމީޒް މަގާމުން ވަކި ކުރެއްވިިއިރު، ސިހުރު ހެދިކަމުގެ މައްސަލައެއްގައި ރަމީޒްގެ ކުރީގެ އަނބިކަނބަލުން ޝަމްނާޒް ހައްޔަރުކޮށް މައްސަލަ ބަލަމުން ދިޔައެވެ. އަދި އޭނާގެ އިތުރުން، އިތުރު ދެމީހަކުވެސް އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރިއެވެ.
ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމް ބަންދުން ދޫކޮށްލައި، ދެ މީހުންނަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިހާރު ވަނީ ނިންމައިފައެވެ. އެގޮތަށް ނިންމީ އެ ދެ މީހުން ދެކޮޅަށް ހެކި ނެތުމުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓް