ވިއްސާރައާއި ގުޅިގެން މާދަމާ ސަރުކާރު ބަންދު

މަލޭގައި ކުރިން ފެން ބޮޑުވުމުން ރައީސް ޑރ. މުޢިއްޒު ބައްލަވާލަނީ

ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވި

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން މާދަމާ ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީސް މީޑިއާގައި ކުރޮ ޕޯސްޓެއްގައި ވިދާޅުވީ މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ޑރ. މުޢިއްޒު ހަމަޖެއްސެވީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައެވެ.

ހީނާ އިތުރަށް ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ގޯތިގެދޮރަށާއި ޢާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފައިވާ ކަމަށެވެ.

ރާއްޖެއަށް ކުރިޔަށް އޮތް ދެ ދުވަހުވެސް ބޯކޮށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ވަނީ ނިމުތުކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.