ކައުންސިލަރުންގެ އަދަދު މަދުކުރަނީ ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާކަށް ނޫން: ރައީސް ޑރ. މުޢިއްޒު

ރައީސް ޑރ. މުޢިއްޒު އާއި މޭޔަރ އާޒިމް

އަދަދު މަދުކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ނިންމީ އެފިޝިއަންސީ އިތުރުކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވި

ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެނެސް ކައުންސިލުތަކަށް އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު މަދުކުރަން ނިންމީ ރައްޔިތުންގެ ބައިވެރިވުން ކުޑަކުރަން ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.

ރައީސް މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ވަޑައިގެން ކައުންސިލްގެ މެމްބަރުންނާއި މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުކުރައްވާ ނިޒާމެއް ކަމަށެެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކައުންސިލުތަކަށް އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ނިންމީ ރައްޔިތުންގެ ބައިވެރިވުން ކައުންސިލްތަކުގައި ކުޑަކުރަން ނޫން ކަމަށެެވެ. އަދި ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ނިންމީ އެފިޝިއަންސީ އިތުރުކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"ރައްޔިތުންގެ ބައިވެރިވުން އެންމެ ތަންކޮޅެެއް ވެސް ކުޑަކުރާކަށް ބޭނުމެއް ނޫން، ރައްޔިތުންގެ ބައިވެރިވުން އޮވެގެން، އެހެން ނަމަވެސް މިހާރަށްވުރެ ތަންކޮޅެއް ބަރުހެލިކަން ކުޑަ, ތަންކޮޅެއް މިހާރަށް ވުރެ ބައެއް ރަށްރަށުގައި ސައިޒް ތަންކޮޅެއް ކުޑަވާން، އެހެން ނަމަވެސް އެފިޝިއަންސީ އެއަށްވުރެ ފުރިހަމަަވެގެންދާގޮތަށް،" ކުރިން މާލޭ ސިޓީކައުންސިލްގެ މޭޔަރު ކަން ވެސް ކުރެއްވި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.