ގާސިމްގެ ބަޔޯގްރަފީ ފޮތް ނެރެފި

ގާސިމް އިބްރާހީމް

ރާއްޖެއަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށާއި ދިވެހި އެތައް ރައްޔިތެއްގެ ދިރިއުޅުން އުޖާލާކޮށްދިނުމަށް ބޮޑު ގުރުބާނީއެއް ވެފައިވާ ގާސިމް އިބްރާހީމްގެ ބަޔޯގްރަފީ ފޮތް ރޭގައި ނެރެފި އެވެ.

ވިލާ ކޮލެޖުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހިމެވެ.

މި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ދެކަނބަލުންނާއި، ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ގާސިމް އިބްރާހީމްއާއެކު އެކި ދުވަސްވަރު ސިޔާސީ މަސައްކަތް ކުރައްވާފައިވާ އަދި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލް ލިޔުއްވާފައިވާ މި ބަޔޯގްރަފީ ނެރެފައިވަނީ ގާސިމް އިބްރާހީމްގެ 75 ވަނަ އުފަން ދުވަހާ ދިމާކޮށެވެ. މި ރަސްމިއްޔާތުގައި ޕްރިންޓް ފޮތުގެ އިތުރުން އޯޑިއޯ ބުކް އަދި ހާއްސا ވެބްސައިޓެއްވެސް ވަނީ އިފްތިތާހުކޮށްފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ، "އިލްޔާސްގެ ބައްޕައާއި އަޅުގަނޑުގެ ބައްޕައަކީ އަބަދުވެސް ވަރަށް ގާތްގުޅުމެއް އޮތް ދެ ބޭފުޅުން، އަދި އަޅުގަނޑު ތުއްޕުޅުއިރު މާލޭގައި ހުރީ އިލްޔާސްގެ ގެކޮޅު މ. އެންދެރިމާގޭގައި" ކަމަށެވެ.

މި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގައި ގާސިމް އިބްރާހީމްގެ ހަޔާތްޕުޅާ ގުޅޭ އެކި ދުވަސްވަރުގެ ފޮޓޯތައް ހިމެނޭ ފޮޓޯ މައުރަޒެއްވެސް ވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.