މިނިސްޓަރ ވޮލީބޯޅަ ޓީމާއެކު
މި ކާމިޔާބީ އަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްކަމަށާއި، ދެ ކުޅުންތެރިންނަށް މަރުޙަބާ ދަންނަވާކަމަށް ވިދާޅުވި
ކާވާ ބީޗް ވޮލީބޯޅަ ޗެލެންޖުން އެއްވަނަ ހޯދި ގައުމީ ބީޗްވޮލީބޯޅަ ޓީމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު މަރުޙަބާ ދަންނަވައިފިއެވެ.
ބޫޓާނުގައި ނިމުނު ކާވާ ބީޗު ވޮލީބޯޅަ ޗެލެންޖުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ އިސްމާއިލް ސާޖިދު އާއި އާދަމް ނަސީމް އަށް މަރުޙަބާ ދެންނެވުމަށް ފަހު މިނިސްޓަރ ރާފިޢު ވަނީ ބީޗް ވޮލީބޯޅަ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.
މިނިސްޓަރ ވިދާޅުވީ މި ކާމިޔާބީ އަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްކަމަށާއި، ދެ ކުޅުންތެރިންނަށް މަރުޙަބާ ދަންނަވާކަމަށެވެ.
ބީޗްވޮލީބޯޅަ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ މިނިސްޓަރ ރާފިޢު ވިދާޅުވީ ކުޅުންތެރިންގެ ފަރިތަކުރުންތަކަށް އެކަށީގެންވާ ވަސީލަތްތަކެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި، މިހާރު މާލޭގައި އޮތް ބީޗްވޮލީބޯޅަ ކޯޓު ރަނގަޅު ފެންވަރަކަށް ތަރައްގީކުރައްވާނެކަމަށެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވި އެވެ.
ކޮމެންޓް