ކައުންސިލަރުން ހުވާކުރައްވަނީ
އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގެ ތިން ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕީއެންސީ
މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ތިން މެންބަރުން މިއަދު ހުވާ ކުރައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގެ ތިން ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕީއެންސީއެވެ.
ޕީއެންސީން ވަނީ ހުޅުމާލެ ދާއިރާގެ ގޮނޑި އާއި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި އާއި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ޝައުފާ ސަލީމެވެ. މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު އިޝާން އަލީ ކާމިޔާބު ކުރެއްވިއިރު، ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަލީ އައިމަންއެވެ.
ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމްއާއި ސިޓީ ކައުންސިލްގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކެއް ހުސްވީ މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލްގެ ކުރީގެ މެންބަރު އަޙްމަދު ޟަމީރުއާއި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ ކައުންސިލް މެންބަރު އަޙްމަދު އައިފާން އަދި ހުޅުމާލެ ދާއިރާގެ ކުރީގެ ކައުންސިލް މެންބަރު އަހުމަދު ޝުޖާޢު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި ހޮވިވަޑައިގަތުމުން އެ ތިން ބޭފުޅުންވެސް އިސްތިއުފާ ދެއްވުމުންނެވެ.
ކޮމެންޓް