ވެމްކޯ އިސްވެރިން ފުލުހުންނާ ބައްދަލުކުރައްވައިފި
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތަޢާރަފުކޮށްފައިވާ އޮފީސް ފޮޅާ ސާފުކުރުމުގެ "ހޮބާ" ޚިދުމަތާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ބޭފުޅުންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ވެމްކޯގެ "ހޮބާ" ޚިދުމަތުގެ ތަފްސީލީ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރެވުނެވެ. މީގެ އިތުރުން، މި ޚިދުމަތް ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާކުރެވުނެވެ.
"ހޮބާ" އަކީ އޮފީސްތަކާއި ވިޔަފާރިތަކަށް އަމާޒުކޮށްގެން ވެމްކޯއިން ތަޢާރަފުކޮށްފައިވާ ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން އޮފީސްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ޕްރޮފެޝަނަލް ފެންވަރެއްގައި ކުރިއަށް ގެންދެވެއެވެ.
ފުލުހުންގެ އިސްވެރިންނާއެކު ބޭއްވުނު މި ބައްދަލުވުމަކީ ދައުލަތުގެ އިދާރާތަކަށް "ހޮބާ" ޚިދުމަތް ތަޢާރަފުކޮށް، އެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވެމްކޯއިން ފާހަގަކުރެއެވެ.
މީގެ އުތުރުން އެކްރޮސް މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދާ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ހަރަކާތުން އުކާލެވޭ ޕްލާސްޓިކް ކުނި ވަގުތީގޮތުން ރައްކާކުރުމުގައި ވެމްކޯއިން އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކޮށްފައިވަނީ ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތުގައި އެއްކުރެވޭ ޕްލާސްޓިކް ކުނި ނައްތާލުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންނެވެ.
އެކްރޮސް މޯލްޑިވްސްގެ ފަރާތުން މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ފާހަގަކޮށް، މި މަސައްކަތުގައި ވެމްކޯގެ އެހީތެރިކަން ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ބުނެފައިވެއެވެ.
ވެމްކޯގެ ފަރާތުން މި ބައްދަލުވުމުގައި އެ ކުންފުނިން ދެވެން ހުރި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ތައްޔާރަށް ހުރި ކަމުގައި ބުނެފައިވެއެވެ. އަދި ކުނި މެނޭޖްކުރުމުގެ ދާއިރާގައި ވެމްކޯގެ ތަޖުރިބާ މި މަސައްކަތަށް ހިއްސާކުރުމަށް ތައްޔާރަށް ހުރި ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
މި ބައްދަލުވުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ދެ ފަރާތުންވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް