ޖަރުމަން ކުޅުންތެރި
ވިއްސާރަ ކޮޅިގަނޑެއްގައި ޖެހި، 20 އަށް ވުރެ ގިނަ މިނިޓް މެދުކަނޑާލަން ޖެހުނު މެޗުން ޖަރުމަނު މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މުބާރާތުގެ ކުއާޓާގައި ޖަރުމަނު ނުކުންނާނީ ސްޕެއިން ނުވަތަ ޖޯޖިއާއާ ދެކޮޅަށެވެ.
ރޭގެ މެޗުގައި ޖަރުމަނަށް ފުރަތަމަ ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ކައި ހަވާޓްޒް އެވެ. އަދި ޖަރުމަނުގެ ދެވަނަ ލަނޑު ޖެހީ ޖަމާލް މުސިއާލާއެވެ. މިއީ، މި ފަހަރު ޔޫރޯގައި މުސިއާލާގެ ތިން ވަނަ ގޯލެވެ.
ޖަރުމަނާއެކު ގަދަ އަށެއް ނުވަތަ ކުއާޓާއިން ޖާގަ ހޯދާފައިވާ އަނެއް ޓީމަކީ ސްވިޒަލަންޑެވެ. ސްވިޒަލަންޑް ކުއާޓާއަށް ދިޔައީ އިޓަލީ ކަޓުވާލާފައެވެ.
ކޮމެންޓް