ޚަލީލް މަޖިލީހުގައި
ވެލްނެސް ސެންޓަރ އެއް ގާއިމްކުރެވި މުޅިން އަލަށް މި ޚިދުމަތްވެސް ދިނުމަށް ނިންމާފައިވާ ކަމަށް މިިނިސްޓަރ ވިދާޅުވި
ޕަބްލިކް ހެލްތު ސެކްޓަރ ވަރުގަދަ ކުރުމަށްޓަކައި މާލެ ސަރަހައްދުގައި އަރބަން ޕްރައިމްރީ ހެލްތު ކެއަރ ސެންޓަރެއް ހެދުމަށް ބޭރުގެ ފަންޑިންއަށް މިހާރު ހުށަހަޅާފައިވާ ކަމަށް ކަމަށް ހެލްތު މިނިސްޓަރ ޑޮކްޓަރ އަބުދުﷲ ޚަލީލް ވިދާޅވެއްޖެ އެވެ.
ރައޔިތުންގެ މަޖިލީލީހުގެ މިއަދު ގެ ޖަލްސާގައި ހދ. ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ޕްރައިމަރީ ހެލްތު ކެއަރ ގެ ނިޒާމް ހަމަޖެހިގެންދާއިރު ހޮލިސްޓިކް އެޕްރޯޗަކުން ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމް ވަރުގަދަވެގެންދާނެ ކަމަށެވެ.
" މިދަންނަވަނީ ތަންކޮޅެއް ފުޅާ ދަމަނަވެއްޓެއްގެ ވާހަކަ" މިނިސްޓަރ ވިދާޅުވިއެވެ.
މި ތަންތަނުން ލިބޭނެ ޚިދުމަތް ތަކުގެ ތެރޭގައި ކްލިނިކަލް ބައެއް މަސައްކަތާއި ، ކުދަކުދިންގެ ގްރޯވތް މޮނިޓަރިން ގެ ބައެއް ކަންކަން ހިނގާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުނަށް ދެވޭ ޖެރިއޭޓިކް ކެއަރ ގެ ޚިދުމަތާއި ގޭގެއަށް ޒިޔާރަތްކޮށްގެން ޚާއްޞަކޮށް އުމުރުން ދުވަސްވެ އެނދުމަތިވެފައިވާ މީހުންނަށް ފަރުވާދިނުމުގެ ކަންކަން މިހާރަށްވުރެ ފުޅާދާއިރާއެއްގައި ކުރެވިގެެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ވެލްނެސް ސެންޓަރ އެއް ގާއިމްކުރެވި މުޅިން އަލަށް މި ޚިދުމަތްވެސް ދިނުމަށް ނިންމާފައިވާ ކަމަށް މިިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކރުގެ އަމާޒަކީ ރައްޖޭގެ ހުރިހާ ސިޓީއެއްގައި އަރބަން ޕްރައިމަރީ ހެލްތު ކެއަރގެ ގެ ނިޒާމް ވަރުގަދަކުރުން ކަމަށެވެ.
ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމް ވެސް މިހާރު ބައެއް އަތޮޅުތަކުގައި ވަނީ ރޯލްއައުޓް ކުރަންފަށާފައެވެ.
މި މަސައްކަތް ނިމިގެެންދާއިރު އެއްކުރެވޭ ޑޭޓާ ބޭސްގެ ޒަރީއާއިން ކޮންމެ މީހަކަށް އެމީހަކަށް ސިއްހީ ނިޒާމުގައި ބޮޑު ބައްޔަކާއި ދިމާއަށް ވާރުތަވާނަމަ ސިސްޓަމް މެދުވެރިޮށް އެންގި ޑޮކްޓަރާއި ހަމައަށް ދާންއެންގޭނެ އެވެ.
ކޮމެންޓް