ރާޑޯ
ޕްރޮގްރެސިވް ކޯލިޝަންގައި މަސައްކަތްކުރަން ފެށުމުން މިހާރުގެ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަކާއި ޑރ. މުޢިއްޒުގެ ހަރުދަނާކަމާއި ގައުމުދެކެ ވާ ލޯބި ފެނުން
އަޙްމަދު ރާޝިދު އޭ ބުނުމުން އާންމު މީހަކަށް އޭނާ ނޭނގިދާނެއެވެ. އެކަމަކު ރާޑޯ ނުވަތަ ގައްދޫ ރާޑޯ އޭ ބުނުމުން އޭނާ އަކީ ކާކުކަން ގިނަ މީހުންނަށް އެނގޭނެއެވެ. ރާޑޯ އަކީ ރާއްޖޭގައި ސިޔާސީ ހަރަކާތް ފެށުނު އިރުން ފެށިގެން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވަމުން އައި ބޭފުޅެކެވެ.
ރާޑޯގެ ސިޔާސީ ހަޔާތް ފެށިގެން އައީ އެސްޖެހި ގެލެރީގައި އެމްޑީޕީއަށް ސޮއި ކުރެވުނު ހިސާބުންނެވެ. އެމްޑީޕީއަށް ސޮއި ކުރީ އޭރުގެ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމާއި ހިތްހަމަ ނުޖެހި ވެރިކަމަށް ބަދަލެއް އަންނަން ދެކޭތީއެވެ. އެމްޑީޕީގައި ރާޑޯ ވަނީ ގިނަ ގުނަ ހިދުމަތްތަކެއް ކޮއްދީފައެވެ. އެގޮތުން ގައްދޫ ދާއިރާގެ ނައިބު ރައީސްކަންވެސް ވަނީ ރާޑޯ ކޮއްފައެވެ. އެމްޑީޕީއަށް އެތަށް އިންތިޚާބެއް ކާމިޔާބު ކޮއްދިނުމަށްވެސް ރާޑޯ ވަނީ މަސައްކަތް ކޮއްފައެވެ. އޭގެ އިތުރުން، އެމްޑީޕީއިން އިންތިޒާމްކޮށްގެން ބާއްވާފައިވާ މަގުމަތީ ހަރަކާތްތަކުގައި ބައިވެރިވެ، އަދަދު ނުކުރޭ ގިނަ ފަހަރަށް ވަނީ ހައްޔަރުކޮއްފައެވެ.
ރާޑޯ އަކީ އަބަދުވެސް ގައުމަށް ހެޔޮ އެދޭ ބޭފުޅެކެވެ. ގައުމުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ގައުމު ބަނގުރޫޓުވާތަން ފެންނަމުން ދިޔުމުން އެކަން ރަނގަޅު ކުރުމަށްޓަކައި އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ ބޭފުޅުންތަކެއް ނުކުމެ އުފެއްދި ދަ ޑިމޮކްރެޓްސްއާއި ގުޅުނެވެ. އަމާޒަކަށް ވީ އެމްޑީޕީގެ ވެރިކަން ބަދަލުކުރާށެވެ. ރިޔާސީ އިންތިޚާބު ބޯމަތިވެފައި ވުމުން ޑިމޮކްރެޓްސްއަށް އިންތިޚާބު ބޯމަތިވެފައި ވުމުން، ޑިމޮކްރެޓްސްއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް މަސައްކަތް ކުރަން ފެށުނެއެވެ. އެކަމަކު ޑެމޮކްރެޓްސްއަށް ރިޔާސީ އިންތިޚާބުގައި ކުރިމަތިވީ ނާކާމިޔާބީ އާއެވެ.
އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެންނަން ބޭނުންވާތީ ޕްރޮގްރެސިވް ކޯލިޝަން އާއެކު މަސައްކަތް ކުރަން ފެށިއެވެ. ޕްރޮގްރެސިވް ކޯލިޝަންގައި މަސައްކަތްކުރަން ފެށުމުން މިހާރުގެ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަކާއި ޑރ. މުޢިއްޒުގެ ހަރުދަނާކަމާއި ގައުމުދެކެ ވާ ލޯބި ފެނި ދެނެގަނެވުނެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕްރޮގްރެސިވް ކޯލިޝަންއަށް ކާމިޔާބު ހޯދާއި ދިނުމަށް ސްރީލަންކާގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވުނެވެ. އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރާޑޯ ނިސްބަތްވާ ގައްދޫ ދާއިރާ ޕީއެންސީއަށް ކާމިޔާބު ކޮށްދިނެވެ. އެމްޑީޕީން އެ ދާއިރާގައި ވާދަކޮށްފައިވަނީ ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ސައީދު އެވެ.
ރާޑޯ މިވަގުތު ހުންނެވީ މި ސަރުކާރުގެ އެންމެ ބޮޑު މެންޑޭޓް ލިބިފައިވާ އެއް ވުޒާރާ ކަމަށްވާ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައެވެ.
ރާޑޯ ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ވެރިކަމަށް އަންނަ ބޭފުޅަކަށް މަދުވެގެން 2 ދައުރު ދޭންޖެހެއެވެ. އެއީ ވެރިކަމަށް އައުމާއި އެކު މަސައްކަތް ކުރަނީ ނިޒާމުގައި ހުރިކަންތައް ރަނގަޅުކޮށް، ރައްޔިތުންނަށް ރަނގަޅަށް ހިދުމަތްކޮށްދެވެނީ 5 އަހަރު ނިމުމުން ކަމަށް ރާޑޯ ވިދާޅުވިއެވެ.
ރާޑޯގެ އާއިލާއަށް ޕީއެންސީ ސަރުކާރާއި ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަށް ކަމުގޮސްގެން ވަނީ ޕީއެންސީއާއި ގުޅިފައެވެ. ރާޑޯގެ އާއިލާގެ ގިނަ ބޭފުޅުންނަކީ ކުރިން ސިޔާސީ ކަންކަމުގައި އަދި ޕާޓީއެއްގައި ހަރަކާތްތެރިވެފައިވާނުވާ ބޭފުޅުންނެވެ. ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަށް ކަމުގޮސް ބަލައިގަނެވުނީމައެވެ.
ކޮމެންޓް