އޭވިއޭޝަން އިންސްޓިޓީއުޓް އޮފް މޯލްޑިވިސް އިން މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީއާއި ބައްދަލުކުރައްވައިފި

ބައްދަލުވުމުގެ ތެރެއިން

އޭވިއޭޝަން އިންސްޓިއުޓުގެ ކޯސްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް

އެމް.އޭ.ސީ.އެލްގެ އޭވިއޭޝަން އިންސްޓިޓީއުޓް އޮފް މޯލްޑިވިސްގެ ބައެއް އިސްބޭފުޅުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ(އެމްކިއުއޭ) އާއި ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމަކީ އޭވިއޭޝަން އިންސްޓިއުޓުގެ ކޯސްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ)ގެ ފަރާތުން ސީ.އީ.އޯ މަރިޔަމް ފިޒާނާ ރަޝީދުގެ އިތުރުން އެ އިދާރާގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މި ބައްދަލުވުމުގައި އެމް.އޭ.ސީ.އެލް އޭވިއޭޝަން އިންސްޓިޓީއުޓް އޮފް މޯލްޑިވިސްގެ ފަރާތުން އެ އިންސްޓްޓިއުޓްގެ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި މަހުގެ 29 ވީ އަންގާރަ ދުވަހު އެމް.ކިއު.އޭގައި ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ އެމް.އޭ.ސީ.އެލް އޭވިއޭޝަން އިންސްޓިޓީއުޓް އޮފް މޯލްޑިވިސް އިން ކުރިއަށް ގެންދަވާ ކޯސްތަކުގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ނުވަތަ ތަމްރީނު ޕްރޮގްރާމްތަށް އެމް.ކިއު.އޭގެ ޙުއްދައިގެ ދަށުން ރަޖިސްޓްރީ ކުރުމާއި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށުން ކޯސްތަށް ހިންގުމާއި ގުޅިގެން މަޝްވަރާކުރުމެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލސްޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ)ގެ ފަރާތުން ދިވެހިރާއްޖޭގެ ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުން ކުރިއަށް ގެންދާ ކޯސްތަކަކީ ފެންވަރު ރަނގަޅު ކޯސްތަކެއްކަން ކަށަވަރުކުރުމައްޓަކައި، އެކި އެކި މުއައްސަސާތަކާއި ބައްދަލުކޮށް މަޝްވަރާކުރުމުގެ އިތުރުން ޕްރޮގްރާމް އެކްރެޑިޓޭޝަން އަދި ޕްރޮގްރާމް އޮޑިޓް ފަދަ ޙިދުމަތްތަށް އަންނަނީ ފޯރުކޮއްދެމުންނެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.