ކުވައިތު އާއި އެކު އެއްބސްވުމުގައި ސޮއި ކުރަނީ
މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށުގައި ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލާފައިވާ "ސްމޯލް އައިލޭންޑް ހޮސްޕިޓަލް ޕްރޮޖެކްޓު" ހިންގުމަށް ދިވެހި ސަރުކާރާއި ކުވޭތު ފަންޑު ފޯ އަރަބް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އާ ދެމެދު ތިން މިލިއަން ދީނާރު (150 މިލިއަން ރުފިޔާ) ގެ ލޯނު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މާލީ ވުޒާރައިން ވިދާޅުވީ، މި މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށުގައި ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ހިދުމަތް ލިބޭ ރަށްރަށުގެ މެދުގައި ސިއްހީ ހިދުމަތް ހޯދުމަށް ދަތުރުފަތުރު ކުރުމުގެ ހަރަދު ކުޑަވެ، ރަށްރަށުގެ އާބާދީއަށާއި ފަތުރުވެރިންނަށް ސިއްހީ ހިދުމަތް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދެވި، ދެވަނަ ފަންތީގެ ސިއްހީ ފަރުވާ އެންމެ އެކަށިގެންވާ ގޮތެއްގައި ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި ހޮސްޕިޓަލުތައް ތަރައްގީ ކުރުމުގެ ތެރޭގައި ހިމެނެނީ އިމާރާތް ކުރުމުގެ މަސައްކަތާއި، ހޮސްޕިޓަލް އިމާރާތްތާއި، ހިދުމަތްތަކުގެ އިލެކްޓްރޯލް-ޓެކްނިކަލް މަސައްކަތާއި، ސިއްހީ އާލާތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި، ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރުކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ބޭނުންވާ އިންޖީނިއަރިންގ ހިދުމަތްތަކާއި އަދި މަޝްރުއުގެ ތަންފީޒު ކުރާ ޔުނިޓް ކަމަށެވެ.
ކޮމެންޓް