ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
އުމުރުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވޭ
މާލޭގެ ގެއަކަށް މީހަކު ވައްދައި، ބަރަހަނާކޮށް ބިރު ދައްކައިގެން ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ ބުދަ ދުވަހު މާލޭގެ ގެއަކަށް މީހަކު ވައްދައި، އެ މީހާ ބަރަހަނާކޮށް، ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ހޯދުމަށް ފަހު، އެކައުންޓްގައިވާ ފައިސާތައް ފޭރިގަނެފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އުމުރުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެކެއްގެ ބަންދަށް 30 ދުވަސް އަދި އަނެއް މީހާގެ ބަންދަށް 60 ދުވަސް ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި ފަހަކަށް އައިސް މީހުންނަށް ބިރު ދައްކައިގެން ފޭރުމާއި ރަހީނު ކޮށްގެން ފައިސާ ފޭރުން ފަދަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.
ކޮމެންޓް