މުންތަޡިމް، ޚިދުމަތުގައި ތަފާތު ދައްކަނީ

މުންތަޡިމް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަނީ

މުންތަޡިމް ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެލެއްވީ ރައީސް ޑރ. މުޢިއްޒު ވެލެއްވި ވައުދުތަށް

ކ. އަތޮޅުގެ ކާށިދޫ ދާއިރާ އަކީ ވަރަށް ދުވަސް ވަންދެން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ތަމްސީލުކުރެއްވި ދާއިރާއެކެވެ. އެކަމަކު އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 1200 އަށް ވުރެ ގިނަ ވޯޓާއެކު ކާމިޔާބު ހޯދާފައިވަނީ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި މުންތަޡިމް އިބްރާހީމް އެވެ.

މުންތަޡިމް އާއި ކޮފީ މޭޒަކުން ބައްދަލުވެލުމުން ދެތިން ސުވާލެއް ކޮއްލީމެވެ.

މުންތަޡިމް އަކީ ސަރުކާރުގެ އެކި އިދާރާތަކަށް ވަރަށް ގިނަގުނަ ޙިދުމަތްތަކެއް ކޮއްދީފައިވާ ފަރާތެކެވެ. މުންތަޡިމް އަކީ މެލޭޝިޔާއިން ކިޔަވާ ވިދާޅުވެފައިވާ ތައުލީމީ ބޭފުޅެކެވެ.

މުންތަޡިމް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި އިރު ދާއިރާގެ ރައްޔިތުންނަށް ވައުދު ވެލެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި ދާއިރާއަށް ވެވަޑައިގެން ވައުދުތަކެވެ. އެ ވައުދުތަށް ފުއްދާނެކަމަށް ރައްޔިތުންނަށޤ ފުރިހަމަ ޔަގީން ކަން ދިނެވެ. ރައީސް ޑރ. މުޢިއްޒު ކާށިދޫ ދާއިރާގެ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކަކީ:

1.     ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީ ކުރުން

2.     ގާފަރުގެ ފަޅު ހިއްކައި، ގާފަރަށް ދިމާވެފައިވާ ބިމުގެ ދަތިތަކަށް ހައްލެއް ގެނައުން

3.     ސިއްހީ މަރުކަޒުގެ ޖާގަ ބޮޑުކުރުން

4.     ގާފަރުގެ އައިސް ޕްލާންޓް ބޮޑުކުރުން

މި ހުރިހާ މަޝްރޫއެއްގައިވެސް ވަނީ ސޮއި ކުރެވެފައި ކަމަށް މުންތަޡިމް ހިއްސާ ކުރެއްވިއެވެ. އަދި މަޝްރޫއުތަށް ނުފެށިފައިވަނީ ބަޖެޓުގައި ފައިސާ ނެތުމުން ކަމަށް މުންތަޡިމް ވިދާޅުވިއެވެ.

މުންތަޡިމް ކާށިދޫ ދާއިރާއަށް އިންތިޚާބު ވުމާއި ގުޅިގެން ދާއިރާގެ ރަށުގެ ކައުންސިލްތަކާއެކު ވަނީ އެކި ވުޒާރާތަކާއި ބައްދަލުކުރައްވާފައެވެ. އަދި އެ ވުޒާރާތަކާއެކު ވަނީ ކައުންސިލްތަކުން ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ބޭނުންވާ ކަންތައްތަށް ހިއްސާކުރައްވާފައެވެ.

މުންތަޡިމް ވަނީ ރައްޔިތުންގެ މަޖިލީހުގައިވެސް ތަފާތު ދައްކަވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅޭ ބިލުތަކަށް ދަނީ ބަހުސްކުރައްވާ، ހިޔާލު ފާޅުކުރައްވަމުންނެވެ. މަޖިލީހުގައި މުންތަޡިމް ގެންދަވަނީ 2 ކޮމިޓީއެއްގައި މަސައްކަތް ކުރައްވަމުންނެވެ. އެއީ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީ އަދި އިޖްތިމާއީ ކޮމިޓީގައި މަސައްކަތް ކުރައްވަމުންނެވެ.

bR7cTR2Z6IOlu9Q7OpPkALO5DekfWiNOaxtDy4u1.jpg

މުންތަޡިމް ވަނީ އާސަންދަ ކުންފުނީގައި ޖެނެރަލް މެނޭޖަރުކަން ކުރައްވާފައިވާތީ ޔޫރަޕްގެ ކޮލިޓީ ބޭސް ރާއްޖެއަށް އެތެރެ ކުރަން ފަށާފައިވާތީ އެކަމާއި މެދު ދެކޭ ގޮތް އަހާލުމުން ވިދާޅުވީ އެއީ އާސަންދަ ނިޒާމަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އެއީ ކޮލިޓީ ރަނގަޅު ބޭސް ހެޔޮ އަގެއްގައި ލިބޭތީއެވެ. މިކަމުގެ ސަބަބުން އާސަންދައިގެ ބަޖެޓަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

މުންތަޡިމް ދާއިރާގެ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައެވެ. އަދި ކުރިޔަށް އޮތް ތާގައި ދާއިރާއަށް ގިނައިން ޒިޔާރަތްކޮށް ރައްޔިތުންނާއެކު ބައްދަލުވުންތަށް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.