އެމް.އެން.ސީ.ސީ ޕެރޭޑް ޕްރެކްޓިސްގައި
މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކުރެވުނު ޝަރަފްވެރިކަމުގެ ހިނގާލުން 2 އޯގަސްޓް ވާ ހުކުރުދުވަހު ހަވީރު ބާއްވާގޮތަށް
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފްވެރިކަމުގެ ހިނގާލުން 2 އޯގަސްޓުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް) އިން ހާމަކޮށްފިއެވެ.
މީސް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި އެމް.އެން.ޑީ.އެފްއިން ބުނެފައިވަނީ މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކުރެވުނު ޝަރަފްވެރިކަމުގެ ހިނގާލުން 2 އޯގަސްޓް ވާ ހުކުރުދުވަހު ހަވީރު ބާއްވާގޮތަށް ހަމަޖެހިފައިވާކަމުގައެވެ.
ހަބަރު ލިބިފައިވާ ގޮތުގައި ހުޅުމާލޭގައި މާދަން ބާއްވަން ހަމަޖެހިފައިވާ ހިނގާލުން ވަނީ 3 އޯގަސްޓް ވާ ހޮނިހިރު ދުވަހަށް ފަސްކުރެވިފައެވެ.
މީގެ ކުރިން މިނިވަން ދުވަސް ފާހަގަކުރަން ޝަރަފްވެރިކަމުގެ ހިނގާލުމާއެކު، ފުޅަނދު ބުރު އާންމު ގޮތެއްގައި ބާއްވާއެވެ. އެކަމަކު މިފަހަރު ސަރުކާރުން ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިފަހަރު ފުޅަނދު ބުރާއި ރަސްމިއްޔާތު ނުބާއްވާ ގޮތަށް ވަނީ ރައީސް ޑރ. މުޢިއްޒު ނިންމަވާފައެވެ.
ކޮމެންޓް