މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނާއި ވަޒީރު މުހާތަބު ކުރަނީ
ފުރަތަމަ ބައްދަލުވުން ޚާއްޞަ ކުރައްވާފައި ވަނީ ސިޓިތަކާއި އިދާރީ ދާއިރާތާކާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންނަށް، ކުރިއަށް އޮތްތަނުގައި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ
ސިޓީތަކާއި އިދާރީ ދާއިރާތަކާއި، އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓްރީއާ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ ގުޅިގެން މިއަދު "އުފާވެރި ރާއްޖެ" އިންޑެކްސް އެކުލަވައިލުމުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން މިއަދު އިސްލާމިކް ޔުނިވާރސިޓީގެ ޖަލްސާކުރާ މާލަމްގައި ބާއްވައިފިއެވެ.
ހެޕިނެސް އިންޑެކްސް (އުފާވެރި ރާއްޖެ އިންޑެކްސް) މަސައްކަތު ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުއެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރު ބައިވެރިވެ ވަޑައިގެން މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާ މުޚާޠަބް ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.
ހެޕިނެސް އިންޑެކްސް އެކުލަވާލުމުގެ މަސައްކަތުބައްދަލުވުން ކުރިއަށް ގެންގޮސްދެއްވީ އިސްލާމިކް ޔުނިވާރސިޓީގެ ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިޔާއެވެ. ހެޕިނެސް އިންޑެކްސްގެ ރީސަރޗް ޕާރޓްނަރަކީ އިސްލާމިކް ޔުނިވާރސިޓީއެވެ.
މި މަސައްކަތުބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ޚާއްޞަ ކުރައްވާފައި ވަނީ ސިޓިތަކާއި އިދާރީ ދާއިރާތާކާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންނަށެވެ. ކުރިއަށް އޮތްތަނުގައި މި ފަދަ މަސައްކަތު ބައްދަލުވުންތައް އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ހެޕިނަސް އިންޑެކްސް އަކީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ބަލައި އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ އިންޑެކްސް އެކެވެ. ދުނިޔޭގައި ކޮންމެ އަހަރަކު އެކި ގައުމުތަކުން ހެޕިނަސް އިންޑެކްސް އާންމު ކުރެއެވެ. ހެޕިނެސް އިންޑެކްސް ގައި ބަލައި އުޅެނީ ދިރިއުޅުމުގެ ދިހަ ދާއިރާއަކަށެވެ. އެއީ:
ނަފްސާނީ ދުޅަހެޔޮކަން
ޖިސްމާނީ ދުޅަހެޔޮކަން
ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް ވަގުތު ދެވޭ މިންވަރު
ކަންކަން ދަސްކުރުމަށާއި ފަންނުވެރިކަމާއި ސަގާފީ ކަންކަން ކުރުމަށް ފުރުސަތު ލިބުން
މުޖުތަމުއުގެ ގުޅުން
އިޖުތިމާއީ އެހީތެރިކަން
ތިމާވެއްޓާ ގުޅުން އޮންނަ މިންވަރު
ސަރުކާރާ މެދު ދެކޭ ގޮތް
ދިރިއުޅުމުގެ ފެންވަރު
ކުރާ މަސައްކަތުން ހިތްހަމަޖެހުން ލިބޭ މިންވަރު
ދުނިޔޭގެ ހެޕިނަސް އިންޑެކްސްގައި އެންމެ ކުރީގައި އުޅެނީ ފިންލޭންޑެވެ. މިހާތަނަށް ރާއްޖެއަށް ހާއްސަކޮށް އުފާވެރިކަން މިންކުރާ އިންޑެކްސްއެއް ހެދިފައެއް ނުވެއެވެ.
ކޮމެންޓް