ކުރިން ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިން
މޮކްރެޓްސްގެ ސިޔާސަތުތަކުގެ ތެރެއިން މި ސަރުކާރަށް ތަންފީޒުކުރެވޭނެ ސިޔާސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުން
ދަ ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ އިސްބޭފުޅުން ރައީސް ޑރ މުޙައްމަދު މުޢިއްޒާއި ބައްދަލުކުރަށްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ އިއްޔެ ހެނދުނު ރައީސް އޮފީހުގައެވެ. ޑިމޮކްރެޓްސްގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވީ އެ ޕާޓީގެ ރައީސް ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒުއެވެ.
މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ސިޔާސަތުތަކުގެ ތެރެއިން މި ސަރުކާރަށް ތަންފީޒުކުރެވޭނެ ސިޔާސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުން ކަމަށް އިތުބާރުހުރި މަސްދަރަކު މިނެޓްސް އޮންލައިންއަށް މައުލޫމާތު ދިނެވެ. އޭގެއިތުރުން ސަރުކާރުގެ ބައެއް މަޤާމުތަކަށް ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ޢައްޔަނުކުރުމަށްވެސް މަޝްވަރާކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ހަމައެއާއެކު ސަރުކާރުން ބޭނުންވާ ޙާލަތްތަކުގައި އެ ޕާޓީގައި ތިއްބެވި ސިޔާސީ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެބައްދަލުވުމުގައިވަނީ މަޝްވަރާކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޑިމޮކްރެޓްސްގެ ބޭފުޅުން ރައީސާ ބައްދަލުކުރެއްވުމުން ޕާޓީގެ ތެރޭގައި ވެސް ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ޚާއްސަކޮށް އާންމު މެންބަރުން ވަނީ ޑިމޮކްރެޓްސްގެ ބައެއް ވަޓްސްއެޕް ގްރޫޕުތަކުގައި އެ ކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
ކޮމެންޓް