މާލެ ސަރަޙައްދުގެ ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާތީ އެކަމަށް ޙައްލެއް ހޯދުމަށް މަޝްވަރާކޮށްފި

މިއަދުގެ ބައްދަލުވުމުގެ ތެރެއިން

އެކި ބާވަތުގެ ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވުން

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ތާރިޤް އިބްރާހީމް ވަނީ ސިންގަޕޫރުގެ ފްލޯޓިންގ ޕަވަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ވެރިންނާ ބައްދަލުކުރައްވައި، މާލެ ސަރަޙައްދުގައި އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މާލެ ސަރަޙައްދުގެ ކަރަންޓުގެ ބޭނުން އިތުރުވަމުންދާ މިންވަރާއި، އެކި ބާވަތުގެ ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި ދާއިރާގައި ކުރިއަށް އޮތްތަނުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ.

މިނިސްޓަރ ތާރިޤް އިބްރާހީމް މި ބައްދަލުވުމުގައި ވިދާޅުވީ، މާލެ ސަރަޙައްދުގެ ތަރައްޤީއާއެކު ކަރަންޓުގެ ބޭނުން އިތުރުވަމުންދާތީ، އެކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމުގައެވެ. އަދި މިކަމަށް ޙައްލު ހޯދުމުގައި އައު ޓެކްނޮލޮޖީ ބޭނުންކުރުމާއި، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.