ގަވަރުނަރު ކަމަށް މުނައްވަރު އައްޔަންކުރަން ކޮމިޓީއަށް ފޮނުވައިފި

މުނައްވަރު އިންޓައވިއުއެއް ދެއްވަނީ

ހާޝިމް ވަކިކުރަން ރައީސަށް ލަފާ އެރުވުމަށް މަޖިލިސް ތަޅުމުން އިއްޔެ ފާސްކުރީ 63 މެންބަރުންގެ ވޯޓާ އެކު

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަންކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ގަވަރުނަރުކަމުން ހާޝިމް ވަކިކޮށް، އެމަގާމަށް މި ސަރުކާރުގެ މާލީ އެޑްވައިޒަރު މުނައްވަރު ހަމަޖެއްސެވުމާއި މެދު ގޮތެއް ނިންމަން ރައީސް ޑރ. މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އިއްޔެ އެދިވަޑައިގެންފައެވެ.

ހާޝިމް ވަކިކުރަން ރައީސަށް ލަފާ އެރުވުމަށް މަޖިލިސް ތަޅުމުން އިއްޔެ ފާސްކުރީ 63 މެންބަރުންގެ ވޯޓާ އެކުއެވެ. އެ ވޯޓުގައި ގަވަރުނަރު ވަކިކުރުމާ ދެކޮޅަށް ވޯޓު ދީފައިވަނީ ނުވަ މެންބަރުންނެވެ.

ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ނާޒިމް ވިދާޅުވީ އެމްއެމްއޭގެ ގާނޫނުގެ ދަށުން ގަވަރުނަރު ހާޝިމް އާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގެ ގާބިލްކަން ނެތް ކަމަށް ކޮމިޓީ އަށް ސާބިތުވާ ކަމަށެވެ. އެގޮތުން މާލީ ހާލަތު ރަނގަޅު ކުރުމަށް ދެއްވަން ޖެހޭ ލަފާ ގަވަރުނަރު ނުދެއްވާ ކަމުގައި ނާޒިމް ވިދާޅުވިއެވެ

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.