ހަފްތާ ބަންދުގައިވެސް ޢަފޫ ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ ޙިދުމަތުގައި

ޢަފޫ ޗައިނާ ސަފީރާއެކު

ޢަފޫ ވަނީ ޗައިނާ ސަފީރާއެކު ދާއިރާގެ ރަށްރަށުގެ މުއައްސަސާތަކާއި ބައްދަލުކުރައްވާފަ

ހަފްތާ ބަންދުގައިވެސް ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު ދާއިރާގެ ރައްޔިތުންގެ ޙިދުމަތުގައި ހޭދަކުރައްވައިފިއެވެ.

އެގޮތުން ޗައިނާގެ ސަފީރު ވަން ލިޒިން ޢަފޫ ތަމްސީލުކުރާ ކެނދިކުޅުދޫ ދާއިރާއަށް ކުރެއްވި ޒިޔާރަތުގައި ވަނީ ސަފީރާއެކީ ދާއިރާގެ އެކި މުއައްސަސާތަކާއެކު ބައްދަލުކުރައްވާފައެވެ.

ކެނދިކުޅުދޫއަށް ސަފީރު ކުރެއްވި ޒިޔާރަތުގައި ކެނދިކުޅުދޫ ކައުންސިލް އަދި ޑަބްލިއުޑީސީ އާއެކު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކައުންސިލް އާއި ޑަބްލިއުޑީސީން ކުރިޔަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި، މިސްކިތުގައި ސޯލާރ ހަރުކުރުމާއި، މަގުމަތީ ބައްތިތަށް ސްމާޓް ބައްތިތަކަށް ހެދުން، ކުނި މެނޭޖްކުރުން، ލޯކަލް ޓޫރިޒަމް ތާރަފް ކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މި ކަންކަމުގައި ޗައިނާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރެވުނެވެ.

ޗައިނާގެ ސަފީރާއެކު ޢަފޫ ވަނީ ކެނދިކުޅުދޫ ސުކޫލަށްވެސް ޒިޔާރަތްކޮށް، ސުކޫލުގެ މެނޭޖްމަންޓާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސުކޫލަށް ދިމާވެފައިވާ ދަތިތަކާއި ސުކޫލަށް ގެނެވޭނެ ތަރައްޤީތަކާއި މެދު ވަނީ މަޝްވަރާ ކޮށްފައެވެ. ސުކޫލްގެ މެނޭޖްމަންޓުން ވަނީ ސުކޫލުގެ ދަރިވަރުން އުފުލާ ބަސް ހަލާކުވެފައިވުމުން ހުއްޓިފައިވާކަން ފާހަގަކޮށްފައެވެ. އަދި ސުކޫލުގައި އުނގަންނައިދިނުމުގައި ޓެކްނޮލޮޖީގެ ދައުރު ފުޅާކުރުމަށް ބޭނުންވާ ކަމަށް ހާމަކޮށްފައެވެ. މީގެއިތުރުން، ޓީޗަރުންއަށް، ޓީޗަރ އެކްސްޗޭންޖް ޕްރޮގްރާމެއް ހިންގުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ޕްރޮގްރާމުގެ ދަށުން ދިވެހި ޓީޗަރުން ޗައިނާގެ ސުކޫލުތަކަށް ޒިޔާރަތްކޮށް، ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

WhatsApp Image 2024-07-20 at 21.25.43_1eaba7a0.jpg

ކެނދިކުޅުދޫގެ އިތުރުން، ޢަފޫ ވަނީ މާޅެންދޫއަށްވެސް ސަފީރާއެއްކޮށް ޒިޔާރަތްކޮށްފައެވެ. އަދި ސަފީރާއެކު ރަށުގެ އެކި މުއައްސަސާތަކާއެކު ވަނީ ބައްދަލުކޮށްފައެވެ.

މާޅެންދޫ ކައުންސިލްއާއެކު ބޭއްވުނު ބައްދަލުވުމުގައި ކައުންސިލުން ވަނީ ކުނި މެނޭޖްކުރުމަށް މެޝިނަރީސް ބޭނުންވާ ކަމަށް ފާހަގަކޮށްފައެވެ. އޭގެ އިތުރުން، ކައުންސިލް އޮފީހުގައި އަގި މަގުމަތީގައި ސޯލާރ ހަރުކުރުމަށް ބޭނުންވާ ކަމަށް މި ބައްދަލުވުމުގައި ފާހަގަކުރިއެވެ. އަދި ރަށުގައި ކައުންސިލްއަށް އާމްދަނީ ހޯދުމުގެ ގޮތްތަކާއި މެދު ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން ކައުންސިލްއިން ދުވަހު ކުއްޔަށް ނުވަތަ މަހު ކުއްޔަށް ދޭ ގޮތަށް އެޕާޓްމަންޓްތަކެއް އެޅުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މާޅެންދޫ ސިއްހީ މަރުކަޒާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ސިއްހީ މަރުކަޒަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާތަކެއް ކުރެވިފައެވެ. އެގޮތުން ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ޙިދުމަތް ދެވުން ނެތުން، އެމަރޖެންސީ ރޫމެއް ނެތުން، ވާރޑްތަކުގައި ހުރި އެނދުތަށް ހަލާކުވެފައިހުރުމާއި ގުޅޭގޮތުން ސިއްހީ މަރުކަޒުން ހިއްސާކުރިއެވެ. އަދި ސިއްހީ މަރުކަޒުން 16 ގަޑިއިރަށް ޙިދުމަތް ދޭން ބޭނުންވާކަމަށާއި މުވައްޒަފުން މަދުކަމަށް ސިއްހީ މަރުކަޒުން ހާމަކުރިއެވެ.

މީގެއިތުރުން ޢަފޫ ވަނީ ސަފީރާއެކީ މާޅެންދޫ ސުކޫލުގެ މެނޭޖްމަންޓާއެކު ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ސުކޫލު އިތުރަށް ތަރައްޤީ ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ސުކޫލުން ވަނީ ކޮންޕިއުޓަރ ލެބްއަށް ދިމާވެފައި ދަތިތަށް ހިއްސާކޮށްފައެވެ. އަދި ސުކޫލުގެ ޕްލޭގްރައުންޑް ތަރައްޤީ ކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. މީގެ އިތުރުން، ސުކޫލުގެ ލައިބްރަރީ ޑިޖިޓަލް ކުރުމާއި، ރީޑިންގ ޕާރކެއް ޤާއިމްކުރަން ބޭނުންވާ ކަމަށް ސުކޫލުން ވަނީ ޢަފޫ އަދި ސަފީރު ކައިރީގައި ދަންނަވާފައެވެ.

WhatsApp Image 2024-07-20 at 22.13.57_b21fbec9.jpg

ޢަފޫ ދަނީ ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދިނުމަށް އެކިގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ތެރެއިން ކޮއްދެވެން ހުރި ކަންކަން ދަނީ މަޝްވަރާކޮށް، މަގުފަހިކޮށްދެމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.