މާލެ ސިޓީގެ ދެން އިން 2 ގޮނޑިވެސް ޕީއެންސީން ނަގައިފި

ފާތިމަތު ޝައުފާ އާއި ފާތިމަތު އިޝާން

ޕީއެންސީން ވަނީ މައްޗަންގޮޅި މެދު އަދި ހެންވޭރު ހުޅަނގު ގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކޮށްފަ

ޕީއެންސީން މާލެ ސިޓީ ކައުންސިލްގެ ދެން އިން 2 ގޮނޑިވެސް ކާމިޔާބުކޮށްފިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ޝައުފާ ސަލީމެވެ. ޝައުފާ އާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު އަލީ ޖިނާދުއެވެ. މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު އިޝާން އަލީއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ހައްވާ ޝިފާނާއެވެ.

މީގެ އިތުރުން ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަލީ އައިމަންއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރަޝީދު (ތުތީ)އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް ގޮނޑި ހުސްވީ އެ ދާއިރާގެ ކައުންސިލަރު ކަން ކުރެއްވި އަހުމަދު އައިފާން 20 ވަނަ މަޖިލިހަށް އިންތިހާބުވެވަޑައިގަތުމުންނެވެ. މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ވެސް ހުސްވީ، އެ ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު، އެ ދާއިރާގެ މެމްބަރު ކަމަށް ވަޑައިގަތުމުންނެވެ. އަދި ހުޅުމާލެ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކައުންސިލަރަކަށް ހުންނެވި އިބްރާހިމް ޝުޖާއު، ބާރަށު ދާއިރާގެ މެމްބަރު ކަމަށް ވަޑައިގަތުމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.