އައިމަން ޖަގަހަ ޖަލްސާގައި ސަޕޯޓަރަކާ އެކު
އައިމަންއަށް ވަނީ 490 ވޯޓު ލިބިފަ
މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ގޮނޑި ޕީއެންސީ ކާމިޔާބުކޮށްފިއެވެ.
ބައި އިލެކްޝަންގައި ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަލީ އައިމަންއެވެ. އޭނާއާ ވާދަކުރެއްވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރަޝީދު (ތުތީ) އެވެ. އައިމަން އެ ގޮނޑި ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ. އައިމަންއަށް ވަނީ 490 ވޯޓު ލިބިވަޑައިގަންފައެވެ. އަދި ތުތީ އަށް ލިބިވަޑައިގަތީ 122 ވޯޓެވެ.
ހުޅުމާލެ ދާއިރާގެ ގޮނޑިއަށް ކައުންސިލަރަކު އިންތިހާބު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައި އިލެކްޝަނެއް ބޭއްވީ އެ ދާއިރާގެ ކައުންސިލަރަކަށް ހުންނެވި އިބްރާހިމް ޝުޖާއު، ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ގޮނޑި އަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.
ކޮމެންޓް