ހޯދަމުންދާ އުބާދަތު
މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުޙައްމަދު އުބާދަތު ޙުސައިން
ރާއްޖެއަށް ކެނަބިސް އެތެރެކުރުމުގެ މައްސަލައިގައި ބަންދުގައި ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުޙައްމަދު އުބާދަތު ޙުސައިން (29އ) އެވެ.
މުޙައްމަދު އުބާދަތު ޙުސައިން ހޯދަމުންދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ. ފުލުހުން ބުނީ ބަންދުގައި ބަހައްޓައިގެން 2024 ޖުލައި 17 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
މުޙައްމަދު އުބާދަތު ޙުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް