ފެން ޕްލާންޓް ހަރުކުރުމުން ފެނުގެ މައްސަލަ މުޅިން ހައްލުވެގެންދާނެ : މުޙައްމަދު ޢަބްދުއްރަޙްމާން

މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން

ޅ. ހިންނަވަރުގައި އަލަށް އިންސްޓޯލް ކުރަމުންދާ ފެން ޕްލާންޓުގެ މަސައްކަތް ނިމުމުން، އެ ރަށުގައި މިހާރު ދިމާވެފައިވާ ފެނުގެ މައްސަލަ މުޅިން ހައްލުވެގެންދާނެ ކަމަށް ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.

މެންބަރު ޢަބްދުއްރަޙްމާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ޕްލާންޓުގެ މަސައްކަތް ނިމުމުން ހިންނަވަރުގައި ފެން ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެއެވެ. އަދި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކު ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

https://www.facebook.com/share/p/18ULypoJeS/?mibextid=wwXIfr

"އަޅުގަނޑު ކުރަމުން މިދާ މަސައްކަތަކީ މި ހިނގާ 5 އަހަރުގެ ރިޔާސީ ދައުރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރާ ގުޅިގެން، ހިންނަވަރުގެ ރައްޔިތުންނަށް ދިމާވެފައިވާ މިކަހަލަ އަސާސީ ކަންކަމާއި ޒަރޫރީ ކަންކަން ހައްލު ކޮށްދިނުން،" މެންބަރު ޢަބްދުއްރަޙްމާން ވިދާޅުވިއެވެ.

އަދި މި މަސައްކަތްތައް ފުރިހަމައަށް ތަންފީޒުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރައްވާނެ ކަމަށާއި، ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުމުގައި އެއްވެސް ފަރާތެއްގެ ނުރުހުމަކަށް ބެއްލެވުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ރައްޔިތުންނަށް ހާސްކަމެއްނެތް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަކީ އެމަނިކުފާނުގެ އަބަދުވެސް އުންމީދު ކަމުގައި ވިދާޅުވެ، ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެތައް ކަމެއް ތަންފީޒުކޮށްދިނުމުގައި ސާބިތުވެ ހުންނާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.