ނާރެސް ޕޯޓަލް އިފްތިތާހްކޮށްދެއްވަނީ
ކައުންސިލްތައް މެެދުވެރިކޮށް އުމުރުން ދުވަސްވީ ފަރާތްތަަކަށް، މި ޕޯޓަލް މެދުވެރިކޮށް އައިޑީ ކާޑަށް މިހާރު އެޕްލައި ކުރެވޭނެ
ނެޝަނަލް ރަޖިސްޓްރޭޝަން ސިސްޓަމް "ނާރެސް" ޕޯޓަލް އިފްތިތާހްކޮށްފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕޯޓަލް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންނު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އައިޑީކާޑު ހެއްދުމުގެ ހިދުމަތް ދިނުމުގައި އުމުރުން ދުވަސްވީ މީހުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ކައުންސިލްތަކާއި އެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. ނާރެސް ޕޯޓަލް ތާރަފް ކުރެވުނީ އެ މަސައްކަތުގެ ތެރެއިން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މިގޮތުން ކައުންސިލްތައް މެެދުވެރިކޮށް އުމުރުން ދުވަސްވީ ފަރާތްތަަކަށް، މި ޕޯޓަލް މެދުވެރިކޮށް އައިޑީ ކާޑަށް މިހާރު އެޕްލައި ކުރެވޭނެއެވެ.
ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީ ކާޑުގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީކާޑު ދޫކުރުން އަދި އެޕްލިކޭޝަންތައް ބަދަލައި ގަތުމަށް ހިދުމަތް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން މައުލުމާތު ދެއްވައެވެ.
އަދި ނާރެސް ފޯޓަލާއިއެކު ކޮންމެ ކައުންސިލަކަށް 10 އިނގިލީގެ ނިޝާން ނަގާ ފިންގާ ފްރިންޓް ޑިވަސްތަކެއް ހަވާލުކުރެވިގެންދާނެ ކަަމަށާއި އެކަން ވެގެންދާނީ ކައުންސިލްތަކާއި ޑީއެންއާރާއިއެކުގައި އޮތް ގުޅުންތައް ބަދަހި ވެގެންދާނެ ކަމަކަށް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
ކޮމެންޓް