ދާއިރާ ރައްޔިތުން ބޭނުންވާ ވާހަކަތަށް ޤައުމީ މަޖިލީހުގައި ދައްކާނަން: އީމާ

އީމާ ދާއިރާ އަޑު އަށް އިންޓަވިއު ދެނީ

އީމާ ކުރިމަތި ލާފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ރައީސް ކަމަށް

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމާއި ގުޅިގެން ފެނިގެން ދިޔައީ އެކި ފަރާތްތަކުން ކެންޑިޑެސީ އިއުލާން ކުރަމުން ދިޔަތަނެވެ.

އެގޮތުން، ހެންވޭރު ހުޅަނގު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލާފައިވާ މަރިޔަމް އީމާ ޝަފީގް އާއި ބައްދަލުކޮށްލާ މިނެޓްސް އޮންލައިންގެ ދާއިރާ އަޑު ޕްރޮގްރާމަށް އިންޓަވިއު ކޮއްލީމެވެ.

އީމާ އަކީ ސިޔާސީ ދާއިރާއަށް އާ މޫނެކެވެ. ސިޔާސީ ކަންކަމަށް ތައާރަފްވެފައިވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ޔޫތް ވިންގް އޮފީހަށް ގޮސް ކޮފީ މޭޒެއްގައި ދެކެވުނު ވާހަކަތަކުން އުފެދުނު ޝައުގެއްގައެވެ. އީމާ ބުނާ ގޮތުން އެ ވާހަކަތަކަކީ އީމާގެ ގަބޫލުކުރުންތަކާއި އެއްގޮތް ހިޔާލުތަކަކެވެ. އީމާ ބުނާ ގޮތުން އީމާ އަކީ ކުޑައިރުންސުރެ އެކި ކަންކަން އޮންނަ ގޮތާއި މެދު ސުވާލު އުފައްދާ ކުއްޖެކެވެ. ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް އިން ޑިގްރީ ހާޞިލުކުރަމުންދާ އީމާ އަބަދުވެސް ސިޔާސީ ކަންކަމާއި މެދު އަބަދުވެސް ފިކުރު ކުރެވެއެވެ.

"ޕޮލިޓިކްސް އާއި ދޭތެރޭ ހަމަ އެކްޓިވްލީ ތިންކިންގ، އެކަމަކު ޑޮމެސްޓިކް ޕޮލިޓިކްސް އާއި ދޭތެރޭގައި އެހާ ބޮޑު އެކްސްޕީރިއަންސް އެއް ނުހުންނާނެ. ވިސްނަން، އެކަމަކު އެކްސްޕޯޝަރ އެއް ނެތް" އީމާ ބުންޏެވެ.

އީމާ ވަނީ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ ހެދުމުގައި މަސައްކަތް ކޮށްފައެވެ.

"އީމާ ޕޮލިޓިކަލް ސައިންސް ސްޓޫޑަންޓްއަކަށް ވީމަ ވަރަށް ބޮޑަށް މަސައްކަތް ކުރިން ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގައި އިންނާނެ ފައިވް ޕިލާރސް، އޭގެތެރެއިން ދެ ޕިލާރ އަކަށް ވަރަށް އެކްޓިވްލީ މަސައްކަތްކުރިން. އެއީ ޔޫތް މެނިފެސްޓޯ އެންޑް ވެލްބިއިންގް" އީމާ ބުންޏެވެ.

އީމާ އެމްޑީޕީގެ މެންބަރަކަށް ވާން ނިންމީ މިހިސާބުންނެވެ. އީމާ ބުނާގޮތުން އީމާ އަކީ ޕޮލިސީ ތަކާއި މެދު ވަރަށް ބޮޑަށް ވިސްނާ އަދި އެ ޕޮލިސީތަކުން ލަނޑުދަނޑިތަކަށް ވާސިލްވާނެ ގޮތާއިމެދު ވިސްނާ މީހެއް ކަމަށެވެ.

ޕާޓީ އަކާއި ގުޅި، އިންތިޚާބެއްގައި އީމާ ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. އީމާ މިފަހަރު ވާދަކުރަން ނިންމީ، އީމާ އަކީ ހެންވޭރު ހުޅަނގަށް ނިސްބަތްވާ މީހެއް ކަމަށް ވާތީ އަދި ދާއިރާ ރަނގަޅަށް ތަމްސީލުކުރެވޭނެ ކަމަށް ދެކޭތީ ކަމަށް އީމާ ބުންޏެވެ.

އީމާ މި އިންތިޚާބުގައި ވާދަކުރަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓެއްގެ ރަނިންގް މޭޓަކާއެވެ. އަދި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންޓިޚާބުގައި ވެސް ވާދަކޮށްފައެވެ. އީމާ ދެކޭ ގޮތުގައި މިއީ ރަނގަޅު ޗެލެންޖެކެވެ. އީމާ ދެކޭ ގޮތުގައި ދާއިރާ ރައީސަކަށް ވުމުން 21 އަހަރުގެ މީހަކާ 60 އަހަރުގެ މީހަކާ ތަފާތެއް ނުހުންނާނެއެވެ.

އީމާގެ ސިޔާސީ ހަޔާތުގައި ކުރިޔަށް އޮތް ފިޔަވަޅަކީ ދާއިރާ ރައީސް ކަމަށް ހޮވިއްޖެ ކަމުގައި ވަނީ ނަމަ، ދާއިރާ ކޮޅަށް ޖެހުމެވެ. އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުމެވެ. އަދި ދެން އަންނަ ފަހަރުގައިވެސް ދާއިރާގެ ރައީސް ކަމަށް ކުރިމަތިލާ ދާއިރާ އެހެން ހަރުފަތަކަށް ގެންދިޔުމެވެ.

އީމާއަށް ވޯޓުދޭންވީ ސަބަބަކީ ކޮބާތޯ އެހުމުން އީމާ ބުނީ،

"އަޅުގަނޑުގެ ދާއިރާގެ މެންބަރުން ރަނގަޅަށް ތަމްސީލުކުރާނަން، އެއީ ހުރިހާ އެންމެނާއެކު ކޮންސަލްޓްކޮށްގެން، ވާހަކަ ދައްކައިގެން، އެމީހުން ބޭނުންވާ އެއްޗެއް ޤައުމީ މަޖިލީހުގައި ދައްކަން ބޭނުންވާ ވާހަކައެއް އައިޑެންޓިފައި ކޮށްފައި އެ ވާހަކަ ދައްކާނަން"

އީމާއާއެކު ވަރަށް ގިނަގުނަ ވާހަކަތަކެއް ދައްކާލަން ލިބުނެވެ. އިތުރަށް ދެކެވުނު ވާހަކަތަށް މިނެޓްސް އޮންލައިންގެ ދާއިރާ އަޑުގެ ޕްރޮގްރާމް ބައްލަވާލައްވާށެވެ.

އީމާ އާއި ބައްދަލުކޮއްލެވުނީ ސަމަރ ބީޗް މޯލްޑިވްސް ހޮޓެލްގެ ހިތްގައިމު މާހައުލުންނެވެ. އެގޮތުން ސަމަރ ކްލައުޑް ރެސްޓައުރަންޓް އަކީ ވަރަށް ހިތްގައިމު މާހައުލެއް އަދި އެހާމެ ރީތި މަންޒަރަކާއެކު ކެއުމެއް ނުވަތަ ބުއިމެއް ބައްލަވާލަން އިހްތިޔާރުކޮއްލަން ރަނގަޅު ރެސްޓައުރަންޓެކެވެ. އަދި ސަމަރ ބީޗް މޯލްޑިވްސް ހޮޓަލަކީ ހިތްގައިމު ރޫމްތަކާއެކު އެހާމެ ފުރިހަމަ ހިދުމަތް ތަކެއް ފޯރުކޮއްދޭ ހޮޓެލްއެކެވެ.  

 

20240707_224633.jpg

 

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.